logo
Bank of Maldives

Bank of Maldives

ރިޕޯޓް

ތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޖުލައި 2026 - 15:14
މާލޭ ބޮޑުތަކުރުފާނު މަގު އުތުރުފަރާތް މި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައ، ފޮޓޯ: ކޮންޓްރަކްޝަން މިނިސްޓްރީ
މާލޭ ބޮޑުތަކުރުފާނު މަގު އުތުރުފަރާތް މި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައ، ފޮޓޯ: ކޮންޓްރަކްޝަން މިނިސްޓްރީ

މިއަދު މިދައްކައިލެވެނީ އިއްޔެގެވާހަކައެވެ. އަދި ތާޒާކަން ހުރީތީ ލަހެއްނުވޭތާއެވެ. ބޭރުގައި އުޅެފައި ގެއަށް ވަތްދާ މާގިނައިރެއްނުވެ އެކުވެރި ތަކުރުގެ ކޯލެއް އައެއެވެ. އެއިރު ހަވީރު 5:30 ވާން ކަށި މަޅައިލަނީއެވެ. ތަކުރު އާންމުކޮށް ނުގުޅާގަޑިއެއްގައި އަނެއްކާ މިގުޅީ ކީއްވެބާވައޭހިތައި ފޯނު ހިއްލައިލީމެވެ. ތަކުރު ދިނީ ކުރިންވެސް ދޭކަހަލަ ދައުވަތެކެވެ. ސައިތައްޓެއް ބޯލަން ތިރިއަށް ފައިބަން ބުންޏެވެ.

ދުވަހަކީ ހުކުރު ދުވަހަށްވެފައި، ތަކުރު ސޭޓުކަންކުރާ ފިހާރަ ބަންދު ދުވަހަކަށް މިއީ އޭނާ ޓެކްސީ ކުރާ ދުވަހެވެ. ފަތިހުއްސުރެ އޭނާގެ ޓާގެޓް ހަމަވަންދެން އޮންނާނީ ޓެކްސީކުރުމެވެ. ހުޅުމާލޭގައި ދިރިއުޅޭތަކުރު އެނބުރި ދިޔުމުގެކުރިން ރައްޓެހިންއެއްކޮށްލައި ސައި ބޯލާ ހަދައެވެ. ހިތީ މިވެސް އޭގެ ދުވަހެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެއަކަސް ތިރިއަށް ފައިބައިފީމެވެ. އެއިރު ގޭ ކުރިމަތީ ހޮޓަލުގައި ތަކުރު އިނީ ގިނިކަންޏާއެވެ. އެހެން އެކުވެރިއަކަށް ދައުވަތެއް ދިންކަމެއް އަންނަނީއެއްކަމެއްވެސް ނޭނގެއެވެ. ކުރިމަތީ އިށީނުމާއެކު އޭނާ ވާހަކަ ފެށީ ސުވާލެއްކޮށްލާން ވެސް ޖާގައެއް ނުދީއެވެ.

''މިއަދު ދަތުރު ނިންމާލައިފިން ހުކުރަށް، ގޭ މީހުންނާއެކު ކަމެއް އޮތީހަވީރަށް ރާވާފައި، އެކަމަކު މިއޮއް މަގެއް ހުޅުވިވާހަކަ އިވުނީމައި މިއައީ ހަމަ މަގު ބަލައިލަން'' ފޭސް ދެއެއްގައި އުޅޭ ތަކުރު ވާހަކަ ފެށިއެވެ. މާ ސޯޝަލްމީޑިއާއާއި ގާތް ނޫންވީމައި ބޮޑުތަކުރުފާނުމަގު އަލަށް ހެދި ބައި ހުކުރުދުވަހު 16:00 ގައި ހުޅުވާލާކަން ތަކުރަށް އޮތީ ނޭނގިއެވެ. އޭނާގެ ބަހުންނަމަ އެކަން އެނގުނީ ޢާއިލާ މީހުންނާއެކު ފޭސް ދެއެއްގެ ބީޗަށް ނުކުތްފަހުން ތިމާގެ ކުއްޖަކު ބުނީމައެވެ. އެހިސާބުން ތަކުރު ބާބަކިއު ދޫކޮށްލީ މަގުބަލައިލަން ޖެހުނު ހިތެއްގެ ބޮޑުކަމުންނެވެ.

''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ، ހާދަބޮޑު ފަސޭހައެކޭ، އަހަރެމެން ފިހާރަ މިހުންނަނީ ބާޒާރުގައި، އެ މަގު ނަހަދާއިރު ހޭދަވާ ވަގުތާއި އުފުލިތަކުލީފު ލޮލުންދެކެ ތަޖުރިބާކުރި މީހެއްމަމީ، އަނެއްކާ ހުކުރު ދުވަހު މިއަރަނީ ކާރަށް، ޓެކްސީކުރާ މީހުންނަށް ވެސް ކިހާބޮޑު ލުޔެއް މި ލިބުނީ، ރަށްރަށުން މުދާ ބަލާ އަންނަ ބޯޓު ފަހަރުން ފެށިގެން މަސްވެރިންނާއި، ރިސޯޓުތަކުގެ ފެރީތަކާއި، ރަށްރަށުގެ ފެރީތަކާއި، މިހެން ކިޔާނެކަމެއްނެތް، މި ހަމައެންމެންނަށް ލިބުނު ބޮޑު ފަސޭހައެއް'' ތަކުރު އަމުނާލިއެވެ.

ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު މިހާރު ވަނީ 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. އިއްޔެ ހުޅުވާލީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނާ ހަމައަށް ތަރައްގީކުރި ސަރަހައްދެވެ. އެ ސަރަހައްދުގައި 500 އެއްހާ ސައިކަލް ޕާކް ކުރެވޭނެ ޖާގަވެސް އޮތީ ހަދާފައެވެ. ފަސޭހަކަމާއެކު އުޅަނދުތައް ކައިރިކޮށް ފުރޭނެ މަގު އޮތީ ތަނަވަސްވެފައެވެ. އުނދަގޫކަމެއްނެތި ޓެކްސީތަކާއި މުދާ އުފުލާ އުޅަނދުތައްވެސް ކޮޅުކޮޅަށް ދުއްވޭނެ ޖާގަ ތަނަވަސްކޮށްދީފިއެވެ. ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް ފަސޭހަކަން ގެނެސްދީފިއެވެ. ޖުމްލަކޮށްބުނާނަމަ މުޅި މާލޭގެ ޓްރެފިކް ހިންދަމާލަން ފުރުސަތުލިބި އެންމެނަށް އެކިސިފަސިފައިގައި ފަސޭހައާއި ހިތްހަމަޖެހުމާއި ލުއިކަން ލިބިދީފިއެވެ. މިއީ ތަކުރު ދެއްކި ވާހަކައިގެ ކުރު ދޭހަކުރުމެކެވެ.

ތަކުރު ވާހަކައިގެ ތެރެއިން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އެއްބައި އަޑު ނީވޭތީ ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ. އެކަމަކު އޭނާގުޅީ މާލެ ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކާކަން އިނގުނެވެ. ކޮންމެވެސް އެކްސްޕްރެސްއެއްގެ ކައްޕިއެކޭ ބޯ ޖަހާލަމުން ބުންޏެވެ. ތަކުރު ސްޕީކަރަށްލިޔެވެ. ކައްޕިގެ ވާހަކަ އަޑު އިވެމުން ދިޔައެވެ. އޭނާ ވެސް ދެއްކީ އެމަގު ހެދުމުން ލިބުނު ފަސޭހަތަކުގެ ވާހަކައެވެ. ކުރިން ދިގުވި ދަތުރު ކުރުވެ، މާލެ އިން އަވަހަށްފުރޭތީ ލިބުނު ފަސޭހައިގެ ވާހަކައެވެ. ޚަރަދުކުޑަވެ މުދާއަރުވާބާލަން ލިބުނު ފަސޭހަކަމުގެ ވާހަކައެވެ.

ކައްޕީގެ ކޯލު ނިމުނުތަނާ ތަކުރަށް އެހެންކޯލެއް އައެއެވެ. އެއީ ޓެކްސީކުރާ އަހްމަދުގެ ކޯލެކެވެ. އަހްމަދު ވެސް ދެއްކީ ޓެކްސީ ޑްރައިވަރުންނަށް ލިބުނު ފަސޭހައިގެ ވާހައެކެވެ. އެ ކޯލު ނިމުނުތަނާހެން ތަކުރަށް އަނެއްކާވެސް ކޯލެއް އައެވެ. މިއީ ކޯލް ސެންޓަރެއް ބަލަހައްޓާ މީހެއްބާވައޭ ހިތާހިތާކިޔައިލެވުނެވެ. އެއީ ރިސޯޓެއްގެ ލޯންޗެއްގައި އުޅޭ ކްރޫއެއް މާލެ އަށް ދަތުރު އައިސް ތަކުރަށް ކޮފީއަކަށް ގުޅާލި ކޯލެކެވެ. އެސޮރުވެސް ދެއްކީ މަގު ހެދުމުން ލިބުނު ހިތްހަމަޖެހުމުގެ ވާހަކައެވެ.

ތަކުރު ބުންޏެވެ. ޕިކަޕް ޑްރައިވަރުން ވެސް، ފިހާރަ ސޭޓުން ވެސް، އޮފީސް މުވައްޒަފުން ވެސް، މަސްވެރިން ވެސް، މާރުކޭޓު ވިޔަފާރި ވެރިން ވެސް ހަމަ ދައްކާނީ މި ފަސޭހައިގެ ވާހަކައެވެ.

އަހަރެން ހިތާހިތާ ކިޔައިލެވުނެވެ. ތަކުރަށް ވިސްނެއެވެ. ތަކުރުހެން އެންމެނަށް ވެސް ވިސްނޭނަމައެވެ. އެހެންމަ ހިފާނީ މިތަރައްގީގައެވެ. އުންމީދަކީ ތަކުރުފަދައިން ދެންތިބީން ވެސް މިކަމާ ފުންކޮށް ވިސްނާލުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފިޚަބަރު | 6 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 66 އަށް ބޭފުޅަކަށްޚަބަރު | 7 ގަޑިއިރު ކުރިން"ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި ހުރުން މުހިންމު "ޚަބަރު | 12 ގަޑިއިރު ކުރިންދައުލަތުގެ މަތީ ދަރަޖަ ، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، އަފީފް އަދި އުއްޗުއަށް އަރުވައިފިޚަބަރު | 14 ގަޑިއިރު ކުރިން