logo
Bank of Maldives

Bank of Maldives

ޚަބަރު

ތަންފީޒީ ފިޔަވަޅުތަކާއެކު 3.7 ބިލިއަން ރުފިޔާ ހޯދައިފި

އަޙްމަދު ޒަލީފް
16 ޖޫން 2025 - 11:35
ތަންފީޒީ ފިޔަވަޅުތަކާއެކު 3.7 ބިލިއަން ރުފިޔާ ހޯދައިފި

ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން ތަންފީޒީ ފިޔަވަޅުތަކާއެކު، 3.7 ބިލިޔަން ރުފިޔާ ހޯދައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.

ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުންވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުވެސް މީރާއިން ކޮށްފައިވެއެވެ. އެގޮތުން، މިދިޔަ އަހަރު ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. އަދި އޭގެ ތެރެއިން 8،139 ފަރާތަކުން ނޯޓިސްއާއި އެއްގޮތަށް އަމަލުކޮށްފައިކަން މީރާއިން ހާމަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތަށް ދައްކަން ހުރި ފަރިސާ ހޯދުމަށް ކޯޓު މަރުހަލާގައި ހުރި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު 55 މައްސަލައެއް މީރާއާއި އެއްކޮޅަށް ނިމިފައިވާކަން މީރާއިން ފާހަގަކުރެއެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ދައުލަތައް ނުލިބިހުރި ފައިސާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެޚަބަރު | 23 ދުވަސް ކުރިންފިޗުން، ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފިޚަބަރު | 2 މަސް ކުރިންދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ، ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު ދަރަނި ދެއްކުމަށް ޚަބަރު | 2 މަސް ކުރިންފާއިތުވި 6 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓް މިދިޔަ އަހަރުޚަބަރު | 2 މަސް ކުރިން