logo
MPL

MPL

ޚަބަރު

ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ، ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު ދަރަނި ދެއްކުމަށް

ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ، ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު ދަރަނި ދެއްކުމަށް

ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު އަދަދެއްގެ ދަރަނި ދެއްކުމަށް ކަމުގައި ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވާރުތަވި ރެކޯޑު އަދަދެއްގެ ދަރަނި އަދާކުރުމަށް، 2025 ވަނަ އަހަރު ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ބޭނުންކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން އެކުލަވައިލި ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތުގައި ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފައެވެ. މީގެ ތެރޭގައި ދަރަނީގެ ޕްރިންސިޕަލްގެ ގޮތުގައި ދެއްކި 1.7 ބިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދެއްކި 657.9 މިލިއަން ޑޮލަރު ހިމެނެއެވެ. އަދި މިއީ މީގެ ކުރީގެ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ބޮޑު އަދަދެކެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު (2014 އިން 2016 އަށް) ބޭރުގެ ދަރަނި އަދާކުރުމަށް ހޭދަކުރީ 423 މިލިއަން ޑޮލަރެވެ. އަދި ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި (2019 އިން 2021 އަށް) މި އަދަދު ހުރީ 538 މިލިއަން ޑޮލަރުގައެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ މާލީ ނަތީޖާއިން ދައްކަނީ، ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، އާމްދަނީ އިތުރުކޮށް، އަދި ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް އަހަރު ނިންމާލުމާއެކު، ދަރަނި އަދާކުރުމުގެ ޒިންމާތައް ސަރުކާރަށް ފުރިހަމައަށް އަދާކުރެވުނު ކަމެވެ.

2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ނިންމާލެވުނު ހަމައެކަނި އަހަރެވެ. ދައުލަތުގެ ހުރިހާ ޚަރަދުތަކެއް މެނޭޖްކޮށްފައިވަނީ ފާސްކުރި ބަޖެޓުގެ ތެރެއިންނެވެ. 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

2025 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުކޮށްފައިވަނީ މާލީ އިޞްލާހީ ފިޔަވަޅުތަކާއެކު، ދަރަނި ދެއްކޭނެ މަގު ފަހިކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އިސްކަންދީގެންނެވެ. ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި އަދާކުރަމުންވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި ސަބްސިޑީތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 14 ގަޑިއިރު ކުރިންދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 4 ދުވަސް ކުރިންދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާ ހުރަސްކޮށްފި، އެންމެ ބޮޑު ކުރިއެރުމެއް ޓެކުހުންޚަބަރު | 4 ދުވަސް ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 6 ދުވަސް ކުރިން