logo
Bank of Maldives

Bank of Maldives

ޚަބަރު

ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު 907 މިލިއަނަށް އަރައިފި

އާމިނަތު ޝަފާ
22 ޖޫން 2025 - 04:47
ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު  907 މިލިއަނަށް އަރައިފި

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު ޖަމާކުރި އަދަދު 907.6 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ފައިސާ ހުސްކޮށްލީ އެމްޑީޕީ ސަރުކާރުންކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

އެއާއެކު ސަރުކާރު ވެރިކަމާ ހަވާލުވެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު ޖަމާކުރި އަދަދު 907.6 މިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 42.8 އިންސައްތަ އިތުުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑުގައި ހުރީ 635.2 މިލިއަން ރުފިޔާއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ސަރުކާރުންވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. ބިލުގެ މަގުސަދުތަކުގެ ތެރޭގައި ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

ދަރަނި އަދާކުރަން މިއަހަރާއި އަންނަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ފައިސާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެޚަބަރު | 23 ދުވަސް ކުރިންފިޗުން، ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފިޚަބަރު | 2 މަސް ކުރިންދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ، ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު ދަރަނި ދެއްކުމަށް ޚަބަރު | 2 މަސް ކުރިންފާއިތުވި 6 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓް މިދިޔަ އަހަރުޚަބަރު | 2 މަސް ކުރިން