logo
MPL

MPL

ޚަބަރު

ވިއެޓްނާމަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ފަތްކޮޅު އަރުވައިފި

އަޙުމަދު ރިޝާން
7 ނޮވެމްބަރު 2026 - 04:38
ވިއެޓްނާމަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނަޢީމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ރައީސް އަދި އެ ޤައުމުގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ ޓޯ ލާމްއަށް އަރުވައިފިއެވެ.
ވެރިރަށް ހަނޯއީގައި އިއްޔެ ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ވަނީ އާ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަފީރު މަރްޔަމް މިދްފާ ނައީމްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ވިއެޓްނާމްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިއެޓްނާމަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ފަތްކޮޅު އަރުވައިފިޚަބަރު | 13 މިނިޓު ކުރިން