މަތީ ތައުލީމި ދިނުމަށް ސަރުކާރުންދޭ އިސްކަމުގެ ދަށުން، ހިލޭ ޑިގްރީ ސްކީމަށް އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފި: ނަރީޝް
8 ނޮވެމްބަރު 2026 - 04:51

މަތީ ތައުލީމު ދިނުމަށް ސަރުކާރުންދޭ އިސްކަމުގެ ދަށުން، ހިލޭ ޑިގްރީ ސްކީމަށް އެއް ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ކުރިމަގުގައި އުފެދޭނެ ވަޒީފާގެ ފުރުސަތުތައް ދެނެގަނެ، ދަރިވަރުން އެދާއިރާތަކުން ކުރިއަށް ދިއުމަށް ގައުމީ ފެންވަރުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިމަސައްކަތުގެ ދަށުން، ކުރިއަށް އޮތް އަހަރުތަކުގައި ލިބެން ހުންނާނެ ވަޒީފާގެ ފުރުސަތުތަކާއި، އެ ވަޒީފާތަކަށް ބޭނުންވާ ތައުލީމީ ފެންވަރު ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި، މިނިސްޓްރީގެ މުވައްޒަފުން އެކި ރަށްރަށަށް ދަތުރުކޮށް ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންނާ ބައްދަލުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ނަރީޝް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގެ މައިގަނޑު އެއް މަގުސަދަކީ އެކި ސިނާއަތްތަކުގެ ކުރިއެރުމާއި، ހުނަރުވެރި ފަންނުވެރިންނަށް އޮތް ޑިމާންޑަށް ބަލައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ބޭނުންވާނެ މަސައްކަތްތެރިންގެ މިންވަރު ދުރާލައި ދެނެގަތުން ކަމަށެވެ.
ދިވެހި ގިނަ ދަރިވަރުންތަކެއް އޭވިއޭޝަނާއި އެއާކްރާފްޓް އިންޖިނިއަރިން ފަދަ ހާއްސަ ދާއިރާތަކުން ތައުލީމު ހާސިލްކޮށްފައިވީ ނަމަވެސް، އެ ދާއިރާތަކުން ދަސްވެނިވާ ހުރިހާ ދަރިވަރުންނަށް ފުދޭވަރަށް ރާއްޖެއިން ވަޒީފާގެ ފުރުސަތުތައް ލިބެން ނެތް ކަންވެސް އޭނާ ފާހާގަކުރެއްވެވި އެވެ.
މިސާލެއްގެ ގޮތުން ނަރީޝް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޕައިލެޓުންނަށް އޮތް ފުރުސަތުތައް މަދު ނަމަވެސް، ގާތްގަނޑަކަށް 500 އެއްހާ ދިވެހިން މިހާރުވެސް ޕައިލެޓްކަން ކިޔެވުމަށް ރާއްޖެއިން ބޭރުގައި އެބަތިބި ކަމަށެވެ. އަދި އެއާކްރާފްޓް އިންޖިނިއަރިން ކިޔަވައި ނިމިފައިވާ ގިނަ އަދަދެއްގެ ދަރިވަރުން ވެސް އެ ދާއިރާ އިން ވަޒީފާއެއް ނުލިބި އެބަތިބި ކަމަށެވެ.
"އެހެންކަމުން ރާއްޖޭގައި ހުރި ވަޒީފާތަކުގެ ދާއިރާއިން ކިޔެވުން ހަގީގަތުގައި ވަރަށް މުހިއްމު،" ނަރީޝް ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
