logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާވަހި ފައިނޭންސިންގެ ޕާޓްނަރަކަށް ބީއެމްއެލް

އާމިނަތު ޝަފާ
24 އޮކްޓޯބަރު 2024 - 11:44
ހިޔާވަހި ފައިނޭންސިންގެ ޕާޓްނަރަކަށް ބީއެމްއެލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް ގެދޮރު އިމާރާތްކުރުމަށް ބެނުންވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު ޕްރޮގްރާމް "ހިޔާވަހި ފައިނޭންސިން ސްކީމް"ގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑްވްސް (ބީއެމްއެލް) ހަމަޖައްސައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ގެދޮރިވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ސްކީމެކެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޭނީ 5 ޕެސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށަވެ.

ހިޔާވެހި ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައިހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެއެވެ.

އެ ފައިނޭންސިން ސްކީމްގެ ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައި ފަހުމުނާމާގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ނޮވެމްބަރުމަހުގެ ފުރަތަމަ ހަފްތާއެއްގެ ތެރޭގައި އެ ފައިނޭންސް ސްކީމް ލޯންޗުކޮށް ލޯނަށް އެދުމަށް ހުޅުވާލަންކަމަށެވެ.

"ބޯހިޔާވަހިކަން ހޯދުމަށް 3 މިލިއަނާ ހަމައަށް ލޯނު ދޫކުރެވޭނެ. ވަރަށް އަވަހަށް އިއުލާނުކުރާނަން".

އެ ސްކީމްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މީގެކުރިން ވަނީ އިތުރު ދެ ޕާޓުނަރުންނާއެކު ސޮއިކޮށްފައެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު ވަނީ ސޮއިކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް ހަވާލުކޮަށްފި ޚަބަރު | 3 ގަޑިއިރު ކުރިންލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިވިޔަފާރި | 10 ގަޑިއިރު ކުރިންބީއެމްއެލުން ކަނޑިތީމުގައި އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިޚަބަރު | 9 ދުވަސް ކުރިންބީއެމްއެލްއިން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިވިޔަފާރި | 10 ދުވަސް ކުރިން