ފަސްލައްކަ ރުފިޔާގެ އަގުހުރި ފުޓްސަލް މުބާރާތެއް އިންނަމާދޫ ކައުންސިލުން ބާއްވަނީ
9 ނޮވެމްބަރު 2026 - 14:57

ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފަސްލައްކަ ރުފިޔާގެފައިސާގެ އިނާމް ލިބޭ ފުޓްސަލް މުބާރާތެއް ރ.އިންނަމާދޫ ކައުންސިލުން ބޭއްވުމަށް ޢިއުލާން ކޮށްފިއެވެ. މިމުބާރާތް އިންނަމާދޫ ކައުންސިލުން ހުޅުވާލާފައިވަނީ ރ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށެވެ. އެކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވާގޮތުން އެ މުބާރާތުގެ ދެވަނައަށްދާ ޓީމަކަށް ދެލައްކަ ފަންސާސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަށް ފަންސާސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތް ފަށްޓާނެ ކަމަށް އެ ޢިއުލާނުގައި ބުނެފައިވާ ތާރީޚަކީ މި އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. ޚާއްސަކޮށް ކައުންސިލަކުން އިންތިޒާމް ކުރާ އެންމެ އަގުބޮޑު މުބާރާތެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 22 ނޮވެންބަރު 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ވާދަކުރުމަށް ރަޖިސްޓްރީ ވާންޖެހެއެވެ.

-01.jpg&w=3840&q=75)
