މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 ނޮވެމްބަރު 2026 - 18:20

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާާފައިވަނީ މި މަހުގެ 19 ވާ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށްށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މުބާރާތް އޮންނާނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ މިންވަރު ފާހަގަކޮށް، އައު އުފެއްދުންތަކަށް ހިތްވަރު ދިނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި އަހަރުގެ މުބާރާތުގައި ތައްޔާރުކުރަން ޖެހެނީ ބޯވަދިލަމަސް ބޭނުންކޮށްގެން ތައްޔާރުކުރާ އެއް ސްޓާޓަރ އަދި ކުރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ އެއް މެއިން ކޯހެވެ.
މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު (https://forms.gle/mhq59qjJrvNKdTkGA) މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އިތުރު މަޢުލޫމާތާއި ޤަވާޢިދު ވުޒާރާގެ ލިންކު (https://fishagriocean.gov.mv/dv/media/announcements/341) އިން ލިބެން ހުންނާނެއެވެ.

-01.jpg&w=3840&q=75)
