ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމް ގާއިމުކުރުމުން ވިހާ މަރުވާ މީހުންގެ ތަފާސްހިސާބު އެއްތާކުން ބަލާލެވޭނެ: ޝިފާނާ
12 ނޮވެމްބަރު 2026 - 06:58

ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމް ގާއިމުކުރުމުން، އުފަންވާ އަދި މަރުވާ މީހުންގެ ތަފާސްހިސާބުތައް ހުރިހާ މުއައްސަސާތަކަށް އެއްތާކުން ބަލާލެވޭނެ ކަމަށް ޑިޕީޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ( ޑީއެންއާރު ) ގެ އެސިސްޓެންޓް ނޭޝަނަލް ރަޖިސްޓްރޭޝަން އޮފިސަރު ފާޠިމަތު ޝިފާނާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުލޫ ޕުރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާނާ ވިދާޅުވީ، ދިވެހި ހުރިހާ ރައްޔިތުންގެ ރަސްމީ ރެކޯޑުތައް ބެލެހެއްޓުމާއި، ސިވިލް ރަޖިސްޓްރޭޝަނާ ގުޅުންހުރި މަޢުލޫމާތުތައް ރައްކާތެރިކުރުމުގެ މިފަދަ ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަލަށް ގާއިމުކުރާ މި ސިސްޓަމްގެ ސަބަބުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ހުރިހާ މުއައްސަސާތަކަށް ވެސް އޭގެ ފަސޭހަ ލިބިގެންދާނެ ކަމަށް ވެސް ޝިފާނާ ފާހަގަކުރެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ޝިފާނާ ވިދާޅުވީ ޑީއެންއާރުގެ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ހަރުދަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭއައި ފޮޓޯ ދެނެގަތުމުގެ ގާބިލުކަމާއި ޒަމާނީ އެކި ވަސީލަތްތައް އެ އިދާޜާގައި ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ޝިފާނާ ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
