logo
MPL

MPL

ޚަބަރު

ޔުނާން އޯޕަން ޔުނިވަރސިޓީގައި ބޭއްވި ސަގާފީ ތަރިކައާއި ގުޅޭ ފޯރަމްގައި ދިވެހިރާއަްޖެއިން ބައިވެރިވެއްޖެ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
13 ނޮވެމްބަރު 2026 - 12:46
ޔުނާން އޯޕަން ޔުނިވަރސިޓީގައި ބޭއްވި ސަގާފީ ތަރިކައާއި ގުޅޭ ފޯރަމްގައި ދިވެހިރާއަްޖެއިން ބައިވެރިވެއްޖެ

ޔުނާން އޯޕަން ޔުނިވަރސިޓީގައި ބޭއްވި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި ތަޢުލީމު ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވި ފޯރަމްގއި ދިވެހިރާއަްޖެއިން ބައިވެރިވެއްޖެއެވެ.

މި ފޯރަމްގައި ސަގާފަތް ދެމެހެއްޓުމާއި، ތަޢުލީމާއި އަދި ސަރަޙައްދީ އެއްބާރުލުމާ ބެހޭގޮތުން މަންދޫބުން އެއްވެ ވަނީ މަޝްވަރާކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ފަތުޙުﷲ އިސްމާޢީލް އިތުރުން އިތުރު ކިޔަވާ ކުދިން ވަނީ ބައިވެރިފަ އެވެ. މި ފޯރަމްގެ ބައިވެރިން ވަނީ "އޭއައި ޕްލަސް އެޑިޔުކޭޝަން އެޕްލިކޭޝަން އެގްޒިބިޝަން ހޯލް" އަށް ޒިޔާރަތްކޮށް، އާޓިފިޝަލް އިންޓެލިޖެންސާއި ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި އެކަމުގެ ބޭނުންތައް ބައްލަވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމްގައި ޒުވާނުން އިސްނަގައިގެން ރަށްފުށުގެ ސަރަޙައްދުތައް ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ސަގާފީ ވާރުތަވުމާ ގުޅުންހުރި މަޢުލޫމާތާއި ތަޖުރިބާތައް ހިއްސާކުރުމަށް ވެސް މިފޯރަމްގައި ފުރުސަތު ލިބިގެންދިޔައެވެ. ސަގާފަތާއި ޓެކްނޮލޮޖީގެ އިތުރުން ޒަމާންވީ އާދަކާދައާއި އައު އީޖާދުތައް ގުޅުވާލުމުގެ މުހިންމު ކަމުގެ އިތުރުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ރައްޔިތުންގެ ގުޅުމާއި ދެމެހެއްޓެނިވި ބައިވެރިވުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވެސް މި ފޯރަމްގައި އަލިއަޅުއްވާލާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނާން އޯޕަން ޔުނިވަރސިޓީގައި ބޭއްވި ސަގާފީ ތަރިކައާއި ގުޅޭ ފޯރަމްގައި ދިވެހިރާއަްޖެއިން ބައިވެރިވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން