ދުނިޔޭގެ 40 އިންސައްތަ މީހުންނަށް ހަކުރުބަލި ހުރިކަމެއް ނޭނގޭ
14 ނޮވެމްބަރު 2026 - 05:58

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ހަކުރުބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ގަވާއިދުން ޞިއްޙީ ޓެސްޓުތައް ހެދުމަށާއި އަވަހަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި މެސެޖެއްގައި ބުނިގޮތުގައި، ދުނިޔޭގެ ނިސްބަތުން ހަކުރުބަލި ތަހައްމަލުކުރަމުންދާ މީހުންގެ 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް އެމީހުންގެ ކިބައިގައި މި ބަލި ހުރިކަން ނޭނގެއެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ފާހަގަކުރެވޭ ފަދަ އެއްވެސް އަލާމާތަކާ ނުލައިވެސް ހަކުރުބަލި ޖެހި، އަދި ބަލި ބޮޑުވަމުން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ސީރިއަސް ޞިއްޙީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ބަލި އަވަހަށް ދެނެގަތުމާއި، ވަގުތުން ފަރުވާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
މިއަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރަމުންދަނީ "ހަކުރުބައްޔާ ދެކޮޅަށް އަވަސް ފިޔަވަޅު" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ ދަށުން، ގަވާއިދުން ޞިއްޙީ ޓެސްޓުތައް ހެދުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމުގެ އިތުރުން، ހަކުރުބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން އިތުރުކުރުމަށް ވަނީ ބާރުއަޅާފައެވެ.
ހަކުރުބައްޔަކީ، ލޭގައި ހަކުރު ނުވަތަ ގްލޫކޯޒް ހުންނަ މިންވަރު ހަށިގަނޑުން ކޮންޓްރޯލްކުރާ ގޮތަށް އަސަރުފޯރުވާ ދިގުމުއްދަތަކަށް ދެމިގެންދާ ބައްޔެކެވެ. މި ބަލި ޖެހެނީ ހަށިގަނޑަށް އެކަށީގެންވާ ވަރަށް އިންސިއުލިން އުފައްދައިނުދިނުމުން، ނުވަތަ އުފައްދާ އިންސިއުލިން ހަށިގަނޑުން އެންމެ އެދެވޭ ގޮތުގައި ބޭނުންނުކުރެވުމުގެ ސަބަބުން، ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުންނެވެ.

-01.jpg&w=3840&q=75)
