logo
MPL

MPL

ޚަބަރު

ޓެކްސްތައް ދެއްކުމަށް ހަނދާންކޮށްދީފި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
15 ނޮވެމްބަރު 2026 - 05:08
ޓެކްސްތައް ދެއްކުމަށް ހަނދާންކޮށްދީފި

ވަޒީފާދޭ ފަރާތްތަކަށާއި ވިޔަފާރިތަކަށް ފާއިތުވި އޮކްޓޫބަރު މަހުގެ އެމްޕްލޯއީ އަދި ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މިއަދު، ކަމަށްވާތީ މިއަދުގެ ނިޔަލަށް ފައިސާ ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަނދާންކޮށްދީފި އެވެ.

 މީރާ އިން ވަނީ އެ އިދާރާގެ އޮންލައިން ޓެކްސް ޕޯޓަލް، "މީރާކަނެކްޓް" މެދުވެރިކޮށް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމުގެ ކަންކަން ފުރިހަމަކުރުމަށް ޓެކްސް ދައްކާ ފަރާތްތަކަށް ހަނދާންކޮށްދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިތުހޯލްޑިންގ ޓެކްސަކީ ވަކި ބާވަތްތަކެއްގެ ފައިސާ ދައްކާއިރު އެ ފައިސާ ދައްކާ ފަރާތުން ޓެކުހަށްވާ ބައި އުނިކުރުމަށްފަހު ސީދާ ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކާ ޓެކުހެކެވެ.

އާންމުގޮތެއްގައި އެމްޕްލޯއީ ވިތުހޯލްޑިން ޓެކްސް އަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރައިން، ވަޒީފާދޭ ފަރާތުން އުނިކުރުމަށްފަހު މީރާއަށް ދައްކާ އާމްދަނީން ނަގާ ޓެކުހުގެ ބައެކެވެ. ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް، ރާއްޖޭގެ ވިޔަފާރިތަކުން ދައްކާ ވަކި ބާވަތްތަކެއްގެ ފައިސާއިން 10 ޕަސަންޓުގެ ރޭޓުން ކަނޑައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހެކެވެ.

ޓެކްސް ދެއްކުމާ ގުޅޭ ޒިންމާތައް ފަހަނައަޅައި ދިޔަ ނުދިނުމަށްޓަކައި، މީރާކަނެކްޓް މެދުވެރިކޮށް ވަގުތުން ވަގުތަށް ލިޔެކިޔުންތައް ފުރިހަމަކޮށް ޓެކްސް ދެއްކުމަށްވެސް މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސްތައް ދެއްކުމަށް ހަނދާންކޮށްދީފިޚަބަރު | 2 ގަޑިއިރު ކުރިން