logo
MPL

MPL

ޚަބަރު

ރާއްޖޭގައި ފުރަތަމަ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ފަށައިފި

އައިޝަތު އިނާޝާ
16 ނޮވެމްބަރު 2026 - 05:24
ރާއްޖޭގައި ފުރަތަމަ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފަށައި، މުޅި ރާއްޖެއިން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ 39 ފަރާތަކުން މި ބޯހިމެނުމުގައި ބައިވެރިވަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ.

މިއީ އެ މިނިސްޓްރީއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މުހިންމު ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގެ ތާރީޚުގައި އަލަށް ކުރިއަށްގެންދާ މި ބޯހިމެނުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި މައުލޫމާތު އެއްކުރުމެވެ. އަދި މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް (ފުޑް ސެކިއުރިޓީއަށް) ހުރި ގޮންޖެހުންތަކާއި އުނިކަންކަން ދެނެގަތުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ބޯހިމެނުމުން ލިބޭ ހޯދުންތަކުގެ އަލީގައި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ދަނޑުވެރިކަމުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީކޮށް ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މި މައުލޫމާތުތަކުގެ ބޭނުން ހިފާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފުރަތަމަ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ފަށައިފިޚަބަރު | 22 މިނިޓު ކުރިން