ބެލްޖިއަމްގެ ލެޖެންޑް ލުކާކޫ ޤައުމީ ޓީމަށް ކުުޅުން ހުއްޓާލައިފި
17 ނޮވެމްބަރު 2026 - 05:17

ބެލްޖިއަމްގެ ފިރިހެން ޤައުމީ ފުޓުބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ރޮމެލޫ ލުކާކޫ، 16 އަހަރަށްފަހު ބައިނަލްއަޤްވާމީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހޯމަ ދުވަހު އިޢުލާނުކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ލުކާކޫ ބެލްޖިއަމްގެ ޤައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި ފަހުން، އެ ޓީމަށް ކުޅެދިން 135 މެޗުން ވަނީ 94 ލަނޑު ޖަހައިދީފައެވެ. އޭނާ ހިމެނެނީ ދުނިޔޭގެ ފިރިހެން ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ ތާރީޚުގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާގެ ކުރީގައި އޮތީ އިންޑިއާގެ ސުނިލް ޗެތުރީ (95)، އީރާނުގެ އަލީ ދާއީ (108)، އާޖެންޓީނާގެ ލިއޮނެލް މެސީ (126) އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (146) އެވެ.
.png&w=750&q=75)
Ad by Hajj Corporation
އިޓަލީގެ ނަޕޯލީ ދޫކޮށް މި ހޫނުމޫސުމުގައި ތުރުކީގެ ފެނަބާޗޭއާ ގުޅުނު ލުކާކޫ ވަނީ ބެލްޖިއަމްއާއެކު ވޯލްޑް ކަޕުގެ ހަތަރު މުބާރާތަކާއި ޔޫރޯގެ ތިން މުބާރާތެއްގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕުގައި އޭނާ އަށް ލަނޑު ޖެހިއިރު، ޔޫރޯގައި ހަ ލަނޑު ޖެހިއެވެ. އަދި ޔޫރޯ 2024 ގެ ކޮލިފައިންގެ އަށް މެޗުގައި 14 ލަނޑު ޖަހައި، ކޮލިފައިން ކެމްޕޭނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ އޭނާ އަތުގައެވެ.
އިންސްޓަގްރާމްގައި ލުކާކޫ ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 16 އަހަރު ޤައުމީ ޓީމަށްޓަކައި އޭނާގެ ހުރިހާ ހިތްވަރެއް ދެއްކިއެވެ. އަދި މި ނިންމުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ކޯޗުންނާއި ޓީމުގެ އެކުވެރިން އަދި ސަޕޯޓަރުން ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް އޭނާ ބުންޏެވެ.

-01.jpg&w=3840&q=75)
