logo
MPL

MPL

ޚަބަރު

ވާދަވެރިންނަށް އަޅުގަނޑާއި ރައީސް މުއިއްޒާ ނުޖެއްސޭނެ: އަބްދުއްރަހީމް

އައިޝަތު އިނާޝާ
17 ނޮވެމްބަރު 2026 - 08:10
ވާދަވެރިންނަށް އަޅުގަނޑާއި ރައީސް މުއިއްޒާ ނުޖެއްސޭނެ: އަބްދުއްރަހީމް

ވާދަވެރިންނަށް އެމަނިކުފާނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު މައްސަލަ ނުޖެއްސޭނެކަން، ވެރިކަމުގެ ތިން އަހަރުވީއިރު އޮންނާނީ ސާބިތުކޮށްދީފައި ކަމަށް ޕީއެންސީގެ ޗެއާޕަރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ވިސްނަވަނީ ދިވެހި ގައުމާއި ރައްޔިތުންނަށް ކަމަށާއި މިހާތަނަށްވެސް އަމިއްލަ މަސްލަހަތު އިސްކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ޕީއެންސީން ނުކުމެތިބީ ގައުމަށް ހިދުމަތް ކުރައްވަން ކަމަށްވާތީ، ޕާޓީ ތެރެއަށް ފިތުނަފަސާދަ ވައްދައިގެން ބައިބައިކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީގެ ލީޑަރޝިޕާއި ރައީސް މުއިއްޒާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީން ތިބީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ޢަހުދުކަށަވަރުވެގެން ކަމަށެވެ.

"އެއީ މި ގައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިކޮށްދެނީ. ދިވެހީންގެ ވެރިކަން ދިވެހީންނަށް ކޮށްދެވޭނެ އެއަށްވުރެ ވަކި އިތުރު ރަނގަޅު ބޭފުޅަކު ފެންނާކަށް ނެތް މި ގައުމުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތަޖުރިބާއަށް ބަލާއިރު، "ދިވެހީންގެ ރާއްޖެ" ދިވެހީންގެ ރާއްޖޭގެ ގޮތުގައި ބާއްވަން ބޭނުންނަމަ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޕީއެންސީގެ ތެރޭގައި އޮތީ ވަރަށް ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި ވިދާޅުވީ، ޕާޓީގެ މަސައްކަތްތައް ދަނީ ވަރަށް އިންތިޒާމުވެގެން ކަމަށާއި ވާދަވެރިންނަށް އެމަނިކުފާނާއި ރައީސް މުއިއްޒާ ނުޖެއްސޭނެ ކަމަށާއި ކުރިއަށްދަނީ ގައުމީ ވިސްނުމުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރިންނަށް އަޅުގަނޑާއި ރައީސް މުއިއްޒާ ނުޖެއްސޭނެ: އަބްދުއްރަހީމް ޚަބަރު | ގަޑިއިރެއް ކުރިން