logo
MPL

MPL

ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

އައިޝަތު އިނާޝާ
19 ނޮވެމްބަރު 2026 - 12:45
ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، ޕާކިސްތާނުގެ ފެޑަރަލް މިނިސްޓަރ ފޯ ކޮމާސް ޖާމް ކަމާލް ޚާން އަދި ފެޑަރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން މުޙައްމަދު ޝަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

ފާހަގަކުރެވޭ ގޮތުގައި އޮކްޓޫބަރު 2026 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްލާމްއާބާދަށް ކުރެއްވި ދަތުރުފުޅުގައި ދިފާޢީ، ކަނޑުގެ ސަލާމަތީ، ވިޔަފާރި، ތަޢުލީމު، ޞިއްޙަތު، ފަތުރުވެރިކަން އަދި ޓެކްނޮލޮޖީގެ ދާއިރާތައް ހިމެނޭހެން 20 ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ.

ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރިފައިވާއިރު، މި ގުޅުމަކީ އިސްލާމީ އަޚުވަންތަކަމާއި ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިޚަބަރު | 31 މިނިޓު ކުރިން