ފޮނަދޫ އާއި ތިމަރަފުށީގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ
21 ނޮވެމްބަރު 2026 - 07:48

ލ. ފޮނަދޫ އާއި ތ. ތިމަރަފުށީގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުމަށް ލ. ފޮނަދޫ އިން ތިން ބިން ދޫކުރާއިރު ތ. ތިމަރަފުށިން ދޫކުރަނީ އެއް ބިމެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ފޮނަދޫ އިން ދޫކުރަނީ 32،129 އަކަފޫޓުގެ ބިމަކާއި 26،736 އަކަފޫޓުގެ ބިމެއްގެ އިތުރުން 33،801 އަކަފޫޓުގެ ބިމެކެވެ.
ފޮނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުމަށް ދޫކުރަނީ 26،480.67 އަކަފޫޓުގެ ބިމެކެވެ.
މިކަމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހުގެ ހެނދުނު 09:00 އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޓޫރިޒަމް ފުޅާކުރުމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރާއި ތ. އަތޮޅާއި އެންމެ ދެކުނުގެ އަތޮޅުތަކުގައި ޓޫރިޒަމް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކި ކަހަލަ ލުއިތައް ދިނުމަށް ސަރުކާރުން ވަނީ ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހުތަކެއް ގެނެސްފަ އެވެ.

-01.jpg&w=3840&q=75)
