logo
MPL

MPL

ޚަބަރު

މާލެ ސަރަހައްދާއި ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

އަޙުމަދު ރިޝާން
21 ނޮވެމްބަރު 2026 - 08:45
މާލެ ސަރަހައްދާއި ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

މާލެ ސަރަހައްދާއި ކުޅުދުއްފުށީގެ ސަރައްހައްދުގެ ވައު އެންމެންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ނުސާފު ވެފައިވާ ކަމަށް ވައިގެ ކޮލިޓީ ބަލާ މޮނިޓަރިން ސިސްޓަމްތަކުން ދައްކައިފި އެވެ.

އެގޮތުން މާލޭގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) މިވަގުތު 159 ގައި ހުރިއިރު، މިއަދު ރާއްޖެއިން އެންމެ ބޮޑަށް ވައި ނުސާފު ރަށެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 160 ގައި ހުރި ހދ. ކުޅުދުއްފުއްޓެވެ. އާންމު މިންގަނޑުތަކަށް ބަލާއިރު އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތިވުމަކީ މެދުމިނަކަށް ވައި ނުސާފުވުން ކަމުގައި ވިޔަސް، 100 އަށް ވުރެ މަތިވެއްޖެ ނަމަ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ނުރައްކާ ބޮޑުވެ، 150 އަށް ވުރެ މައްޗަށް ދިއުމުން އާންމު އެންމެންގެ ސިއްހަތަށް ވެސް ނުރައްކާ އޮވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މާލެ ސަރަހައްދުގެ ވައި މިހާ ބޮޑަށް ތަޣައްޔަރުވެފައިވާ ދަނޑިވަޅެއްގައި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ކުނި ޖަމާކުރާ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. މި ހާލަތާ ގުޅިގެން އާންމު ރައްޔިތުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

 އާންމު ގޮތެއްގައި ރާއްޖެއަށް ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ އިރުވައި މޫސުމުގައި ވައިޖެހޭ މިސްރާބު ބަދަލުވުމާ ގުޅިގެން، އުތުރު އިންޑިއާ ސަރަހައްދުން އަންނަ ތަޣައްޔަރު ވައިގެ ސަބަބުންނެވެ. އެހެންކަމުން، ކުރިއަށް އޮތް ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާއެކު އަނެއްކާވެސް ރާއްޖޭގެ ޖައްވު ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް ބެލެވެއެވެ.

 ދިރާސާތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ 75 އާއި 80 ޕަސެންޓާ ދެމެދުގެ މިންވަރެއް އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުންނެވެ. އޭގެ ތެރޭގައި ކާރުހާނާތަކާއި ކޯލް އިންޖީނުގެތަކުން އަރާ ދުމާއި، ދަނޑުވެރިކަމުގެ ކުނި އެންދުމާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކުން އުފެދޭ ހިރަފުހާއި ކުނޑި ހިމެނޭއިރު، ވައި ނުސާފު ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހޭ މިންވަރު އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދާއި ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެޚަބަރު | 21 މިނިޓު ކުރިން