logo
MPL

MPL

ޚަބަރު

ވީއައިއޭގައި ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް އީ-ގޭޓްގެ ޚިދުމަތް ފުޅާކޮށްފި

އައިޝަތު އިނާޝާ
24 ނޮވެމްބަރު 2026 - 07:37
ވީއައިއޭގައި ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް އީ-ގޭޓްގެ ޚިދުމަތް ފުޅާކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޓަރމިނަލް 1 ގައި ދެމުންދާ އީ-ގޭޓުގެ ޚިދުމަތް ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ފުޅާކޮށްފިއެވެ.

މި ބަދަލާއެކު، ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ އިތުރު ދަތުރުވެރިންނަށް ރާއްޖެއަށް އަންނަ އިރާއި ރާއްޖެއިން ފުރާ އިރު އޮޓޮމޭޓެޑް ނިޒާމުން އިމިގްރޭޝަން މަރުޙަލާ ފުރިހަމަކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ފުޅާކުރި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާނެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަސީޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދަޢުލަތުގެ އިސްވެރިން ވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން މި ޚިދުމަތް، ހަމައެކަނި ދިވެހި ފަސިންޖަރުންނަށް ޚާއްޞަވެފައި އޮތް ނަމަވެސް، މި ބަދަލާއެކު ކަނޑައެޅިފައިވާ 31 އެއަރލައިނަކުން ދަތުރުކުރާ 39 ޤައުމެއްގެ ޝަރުޠުހަމަވާ ފަތުރުވެރިންނަށް މި ޚިދުމަތް މިހާރު ލިބޭނެއެވެ. ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ޤާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ އަންނަ މީހުންނަށް ޚާއްޞަ 20 ގޭޓާއި، ފުރާ މީހުންނަށް ޚާއްޞަ 15 ގޭޓް ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝަރުޠުހަމަވާ އިލެކްޓްރޯނިކް ޕާސްޕޯޓް ބޭނުންކުރާ ފަރާތްތަކަށް މި ދެ ބައިން ވެސް އޮޓޮމޭޓެޑް ނިޒާމުގެ ތެރެއިން އިމިގްރޭޝަން މަރުޙަލާތައް ނިންމާލެވޭނެއެވެ. ޚިދުމަތް ފެށުމުގެ ގޮތުން، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ފަސިންޖަރަކު ވަނީ އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ފުރިހަމަކޮށްފައެވެ.

މި ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޢާންމު ޚިދުމަތްތައް އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެއާޕޯޓް ތަރައްޤީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި، މޯލްޑިވްސް އިމިގްރޭޝަނާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން، ދަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށާއި، އޮޕަރޭޝަންތައް ހަރުދަނާކުރުމަށާއި، ރާއްޖެއަކީ ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ، ބައިނަލްއަޤްވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގައި ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް އީ-ގޭޓްގެ ޚިދުމަތް ފުޅާކޮށްފިޚަބަރު | 35 މިނިޓު ކުރިން