މީޑިއާތަކުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
25 ނޮވެމްބަރު 2026 - 13:14

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ހުޅުވާލައިފި އެވެ.
އެމްއެމްބީސީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މާލީ އެހިތެރިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމަސް އިއުލާންގައިވެއެވެ.
މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށައެޅުމަށްޓަކައި ބޭނުންކުރަންޖެހެނީ "ވަންގަވް" ތެރޭގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv އެވެ.
އުސޫލުގައި މީޑީއާތަކަށް މާކްސް ދޭނެ މިންްގަނޑުވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން މާކްސް ދިނުމުގައި މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އާއި އިދާރީ އިންތިޒާމުތަކާއި ބިޒްނަސް ޕްލޭން އާއި ކޮންޓެންޓާއި ބާވަތް ހިމެނެ އެވެ.
މި އުސޫލްގެ މަގުސަދަކީ ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، މާލީ މިނިވަންކަން ލިބިފައިވާ މީޑިއާތަކެއް ކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިންސާފުވެރިކަމާއެކު، މާލީ އެހީތެރިކަން ލިބޭނެ ކަން ކަށަވަރުކުރުމެވެ.

-01.jpg&w=3840&q=75)
