logo
E-Platinum
ކުޅިވަރު

ނެޓްފްލިކްސްއިން ސައުދީ ޕްރޯ ލީގުގެ ކުރިއެރުން ދައްކުވައިދޭ ޑޮކިއުމެންޓަރީއެއް ނެރެނީ.

އަބްދުﷲ ޣާނިމް
26 އޮކްޓޯބަރު 2024 - 11:29
ނެޓްފްލިކްސް ގެ ޑޮކިއުމެންޓްރީ ނޮވެންބަރު 21 ގަ ރިލީސްކުރާނެ. ފޯޓޯ: ނެޓްފްލިކްސް
ނެޓްފްލިކްސް ގެ ޑޮކިއުމެންޓްރީ ނޮވެންބަރު 21 ގަ ރިލީސްކުރާނެ. ފޯޓޯ: ނެޓްފްލިކްސް

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ލީގު، ސައުދީ ޕްރޯ ލީގުގެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ ޑޮކިއުމެންޓަރީ ސިލްސިލާއެއް ނެޓްފްލިކްސްއިން ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. "ސައުދީ ޕްރޯ ލީގު: ކިކްއޮފް" ގެ ނަމުގައި ނެރޭ މި ސިލްސިލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާނީ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ.

މި ޑޮކިއުމެންޓަރީގައި ސައުދީ ޕްރޯ ލީގު ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގެ ތެރެއިން އެއް ލީގަކަށް ވަމުންދާ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިމަނާފައިވާ ކަމަށް ބުނެއެވެ. މީގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ އަދި ކަރީމް ބެންޒެމާ ފަދަ ބައިނަލްއަޤްވާމީ ތަރިން ހިމެނޭނެއެވެ.

ހަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާގައި ކުޅުންތެރިންނާއި، މެނޭޖަރުންނާއި އަދި ކޮމެންޓޭޓަރުންނާ ކުރެވިފައިވާ ޚާއްޞަ އިންޓަވިއުތަކާއި، 2023/2024 ވަނަ އަހަރުގެ ސީޒަންގެ ތަފްސީލީ ވާހަކަތަކާއި ހައިލައިޓްތައް ހިމަނާފައިވާ ކަމަށް ބުނެއެވެ. އަދި މި ސިލްސިލާގައި ސައުދީ އަރަބިއްޔާގެ ފަސް ކްލަބެއްކަމަށްވާ އަލް-ނަސްރު، އަލް-ހިލާލް، އަލް-އިއްތިހާދު، އަލް-އަހްލީ އަދި އަލް-އިއްތިފާޤުގެ ލީގު ޗެމްޕިއަންކަމަށް ވާދަކުރާ މަންޒަރުތައް ދައްކުވައިދޭނެއެވެ.

މީގެ އިތުރުން އަލް-އިއްތިފާޤުގެ މެނޭޖަރު ސްޓީވަން ޖެރާޑް، އަލް-ހިލާލްގެ ސާލިމް އަލް-ދައުސަރީ، އަލް-އަހްލީގެ ފިރާސް އަލް-ބުރައިކާން، އަލް-އިއްތިހާދުގެ ޠަލާލް ހާޖީ އަދި އަލް-ނަސްރުގެ އަބްދުއްރަޙްމާން ޣަރީބް ފަދަ ފަންނުވެރިން މި ސިލްސިލާގައި ފެނިގެންދާނެ ކަމަށްވެސް ބުނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއުސްގެ ސޮއި ހޯދުމަށް ސަޢުދީއިން 350 މިލިޔަން ޑޮލަރާއެކު 1 ބިލިޔަން ޑޮލަރުގެ މުސާރައެއްކުޅިވަރު | 10 ދުވަސް ކުރިންރޮނާލްޑޯ އަށް ނަޗޯ ކައިރިން ސަލާމަތް ނުވެވުނުކުޅިވަރު | 8 މަސް ކުރިންނެޓްފްލިކްސްއިން ސައުދީ ޕްރޯ ލީގުގެ ކުރިއެރުން ދައްކުވައިދޭ ޑޮކިއުމެންޓަރީއެއް ނެރެނީ.ކުޅިވަރު | 9 މަސް ކުރިން