ވިނީސިއުސްގެ ސޮއި ހޯދުމަށް ސަޢުދީއިން 350 މިލިޔަން ޑޮލަރާއެކު 1 ބިލިޔަން ޑޮލަރުގެ މުސާރައެއް
18 ޖުލައި 2025 - 03:00

ސަޢޫދީ އަރޭބިއާގެ ފުޓްބޯޅަ ވެރިން ރިއަލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނިސިއުސް ޖޫނިއަރ އަށް ދުނިޔޭގެ ރެކޯޑް އަގެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޓޯކްސްޕޯޓުން ހާމަކޮށްފިއެވެ.
ވިނިސިއުސް ވަނީ ރިއަލް މެޑްރިޑްގައި ދެމިހުންނަން ބޭނުންވާކަން ހާމަކޮށް، އައު އެއްބަސްވުމަކަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާއިރު، ކޮންޓްރެކްޓް އައުކުރުމަށް ކުލަބާއެކު ދައްކަމުން އައި ވާހަކަތައް ވަނީ ހުއްޓިފައެވެ. ވިނިސިއުސްގެ މިހާރުގެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުގައެވެ.
Vinicius Jr Real aa dhemdhu ehbbasvun au kurun huttumakah | Mendhuru TvTikTokYouTubeInstagramXFacebook
ސަޢޫދީ ޕްރޯ ލީގުން ވިނިސިއުސްއަށް ހުށަހަޅާ އަގަކީ 350 މިލިއަން ޔޫރޯ (302 މިލިއަން ޕައުންޑް) އެވެ. މިއީ މިހާތަނަށް ރެކޯޑްފީއެއްކަމަށްވާ 2017 ވަނަ އަހަރު ޕީއެސްޖީން ނެއިމާއަށް ދެއްކި 222 މިލިއަން ޔޫރޯއަށްވުރެ މަތީ އަގެކެވެ. މީގެ އިތުރުން، ފަސް އަހަރުގެ މުއްދަތަށް ބޯނަސް ހިމަނައިގެން ގާތްގަނޑަކަށް އެއް ބިލިއަން ޔޫރޯ (864 މިލިއަން ޕައުންޑް) ގެ މުސާރައެއްވެސް ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުން ފުޓްބޯޅައިގެ މަޝްހޫރު ޖާނަލިސްޓް ފަބްރީޒިއޯވެސް ރިޕޯޓްކޮށްފައިވާއިރު، މިޓްރާންސްފަރ ކުރިޔަށް ގޮސްފިނަމަ، މިއީ ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ކުޅުންތެރިއަކަށް މިހާތަނަށް ހުށަހެޅި އެންމެ ބޮޑު މުސާރައަށް އަދި ޓްރާންސްފަރ ފީއަށް ވެގެންދާނެއެވެ.
ސަޢޫދީ ވެރިންގެ ޕްލޭންގައި ވިނިސިއުސް ގެންދަން ބޭނުންވަނީ އަލް އަހްލީ ކްލަބަށެވެ. އޭޝިޔާގެ އެންމެ ކާމިޔާބު އެއް ކްލަބަށް ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އާއި ސަޢޫދީ ސްޕޯޓްސް މިނިސްޓްރީން ދަނީ ފަހަކަށް އައިސް ދުނިޔޭގެ އެންމެ ވަރުގަދަ ތަރިންގެ ސޮއި ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ވިނިސިއުސްގެ އެއްބަސްވުމުގެ މަޝްވަރާތައް ދިގުލައިގެންދާ ވަރަކަށް ސަޢޫދީ ވެރިންގެ އުއްމީދުތައް އިތުރުވަމުންދާނެއެވެ. އަދި އައު އެއްބަސްވުމެއްގައި ސޮއިކުރި ކަމުގައިވިޔަސް، 2027/28 ވަނަ ސީޒަނުގެ ކުރިން ވިނިސިއުސް ސަޢޫދީއަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮނާލްޑޯގެ ސޮޔާއެކު ސަޢޫދީއިން އަގުބޮޑެތި މަޝްހޫރު ކުޅުންތެރިން ސަޢޫދީ ލީގަށް ގެންގޮސްގެން އެޤައުމުގެ ލީގުކުރިއަރުވަން މަސައްކަތްކުރާއިރު، ސަޢޫދީގެ އަމާޒަކީ 2034 ވަނަ އަހަރުގައި އެޤައުމުގައި ވޯލްޑްކަޕް ފެށުމުގެ ކުރިން ސަޢޫދީލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގަށް ހެދުމެވެ.