logoEN
ކުޅިވަރު

ވިނީސިއުސް ޖޫނިއާ ރެއާލް އާ ދެމެދު އެއްބަސްވުން އައުކުރުން ހުއްޓުމަކަށް

ވިނީސިއުސް ޖޫނިއާ އަށް މިދިޔަ އަހަރުގެ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާއަށް ދޭ އެވޯޑް ވަނީ ލިބިފައި

ވިނީސިއުސް ޖޫނިއާ އަށް މިދިޔަ އަހަރުގެ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާއަށް ދޭ އެވޯޑް ވަނީ ލިބިފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

16 ޖުލައި 2025 - 08:15

ރެއާލް މެޑްރިޑްގެ ބްރެޒިލިއަން ތަރި ވިނީސިއުސް ޖޫނިއަރގެ ކޮންޓްރެކްޓް އިތުރުކުރުމަށް ކުރެވެމުންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސްފިއެވެ.

ރެއާލް މެޑްރިޑުން ބޭނުންވަނީ ވިނީސިއަސްގެ ކޮންޓްރެކްޓް 2030 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އިތުރުކުރުމަށެވެ. އަދި މި މުއްދަތާމެދު ވިނީސިއަސްވެސް އެއްބަސްވެއެވެ. ނަމަވެސް މައްސަލަ ޖެހެމުންދަނީ މުސާރައިގެ ކަންތަކުގައެވެ.

ވިނީސިއަސް އެދެމުންދަނީ އަހަރަކު 30 މިލިއަން ޔޫރޯއަށްވުރެ މަތީ މުސާރައަކާއި، ބޮޑު ސޮއިކުރުމުގެ ބޯނަހަކަށެވެ. މިއީ ކިލިއަން އެމްބާޕޭއަށްވުރެވެސް މަތީ މުސާރައެއް ކަމަށްވާނެއެވެ. 2023/24 ވަނަ ސީޒަނުގައި ޗެންޕިއަންސް ލީގާއެކު ރެއާލް 5 ތަށި ކާމިޔާބުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ވިނީސިއުސް އަށް ވަނީ މިދިޔަ އަހަރުގައި ފީފާއިންދޭ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައެވެ. އެހެންކަމުން ރެއާލް މެޑްރިޑުން އެކަށީގެންވާ މުސާރައެއް ދޭންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ނަމަވެސް މިދިޔަ ސީޒަނުގައި ހުސްއަތާ ރެއާލް ސީޒަން ނިންމާލިއިރު، ވިނީސިއުސްގެ ފަރާތުން އެންމެ އެދެވޭ ކުލުމެއް ދެއްކިފައެއް ނުވެއެވެ. ކޮންޓްރެކްޓް އައުކުރުމުގެ މަސައްކަތް މިހާރު ހުއްޓިފައިވާއިރު، 2023 ވަނަ އަހަރުގައި ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖުލައިގައެވެ.

މި މައްސަލައިގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވުމުން، ކޮންޓްރެކްޓް އިތުރުކުރުމުގެ މަޝްވަރާތައް ވަނީ މުޅިން ހުއްޓިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަޝްވަރާތަކެއް ކުރެވޭނެކަމުގެ އެއްވެސް އިޝާރާތެއް މިވަގުތު ލިބެމުން ނުދެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder