ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
21 އޮކްޓޯބަރު 2024 - 17:54

ދުނިޔޭގެ ތާރީޚުގައި އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ރެއާލް މެޑްރިޑްގެ ހުނަރުވެރި އެޓޭކަރ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ ހޮވިއްޖެއެވެ.
ޓްރާންސްފަރ މާރކެޓް ޑޮޓްކޮމްގެ މަޢުލޫމާތު ދައްކާ ގޮތުގައި، ބްރެޒިލްގެ ސްޓާރ ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއަރ ވަނީ ފުޓްބޯޅަ ތާރީޚުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަޤާމު ހޯދައިފައެވެ. މިހާރު އޭނާގެ މާކެޓް ވެލިއު ވަނީ 220 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.2 ބިލިއަން ބްރެޒިލިއަން ރިއާލް) އަށް އަރާފައެވެ. އުމުރުން 24 އަހަރުގެ މި ފޯވަޑް ވަނީ ނޯވޭގެ ސެންސޭޝަން އަރލިންގ ހާލަންޑްގެ އަގާ އެއްވަރުވެފައެވެ. ހާލަންޑްގެ އުމުރަކީވެސް 24 އަހަރެވެ. މިއާއެކު ވިނީޝިއަސް ވަނީ ކިލިއަން އެމްބާޕޭ، ލިއޮނެލް މެސީ އަދި ނޭމާ ފަދަ މަޝްހޫރު ކުޅުންތެރިން ފަހަނައަޅާ ގޮސްފައެވެ. ފްރާންސްގެ ކުޅުންތެރިޔާ އެމްބާޕޭ 2018 ގައި މި އަގުގައި ރެކޯޑެއް ޤާއިމުކުރިއެވެ. އޭރު މެސީ އަދި ނޭމާ ގެ މާކެޓް އަގު ހުރީ 180 މިލިއަން ޔޫރޯގައެވެ.
"ފާއިތުވި ތިން ސީޒަނުގެ ތެރެއިން ދެ ސީޒަނެއްގައި، ވިނީޝިއަސް ވަނީ ދުނިޔޭގެ ކުލަބު ފުޓުބޯޅައިގެ އެންމެ މުހިންމު މުބާރާތް ކަމުގައިވާ ޔުއޭފާ ޗެންޕިއަންސް ލީގުގައި، ބޮޑެތި ޓީމުތަކާ ދެކޮޅަށް މޮޅުކުޅުމެއްކުޅެ އަދި 2 ފައިނަލްގައި ގޯލް ޖަހައި މެޑްރިޑަށް 2 ފަހަރަށް ޗެންޕިއަންސް ލީގު ތަށި ނަގައިދީފައެވެ. މި ކާމިޔާބީއާއި ގުޅިގެން ފުޓްބޯޅަ އެޖެންޓް ގެ އާރު.އޯ.ސީ ނޭޝަން ސްޕޯޓްސް ބްރެޒިލްގެ ސީ.އޯ.އޯ ތިއާގޯ ފްރެއިޓަސް ބުނީ:
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ލިސްޓުގައި އޭނާއަށްވުރެ ނުފޫޒު ފޯރުވާފައިވާ އެހެން ކުޅުންތެރިއެއް ނެތެވެ. އެހެންކަމުން މިއަދު އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލޭބަލްކުރެވުމަކީ އެހާ އަޖައިބުވާންޖެހޭ ކަމެއް ނޫން.
ކުޅުންތެރިއަކަށް މިހާތަނަށް ކަނޑައެޅިފައިވާ އެންމެ މަތީ އަގަކީ ޓްރާންސްފަރއަކާ ގުޅިގެން ކަނޑައެޅިފައިވާ އަގެއްކަމުގައި ވުމަކީ ހަމައެކަނި އޭނާއަށް ނޫން، ކްލަބުތަކަށާއި މުޅި ފުޓްބޯޅަ ވިޔަފާރިއަށް ލިބޭ އަގުވެސް މެއެވެ. އޭނާއަކީ މި ކުޅިވަރުގައި އެންމެ ނިންމުންތެރި ކުޅުންތެރިޔާއެވެ. ޚާއްޞަކޮށް އެންމެ ބޮޑެތި އަދަދުތައް ދައުރުވަމުންދާ މި ދަނޑިވަޅުގައެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ވިނީ ޖޫނިއަރ ޗެންޕިއަންސް ލީގު ޓްރޮފީއާއެކު. ފޮޓޯ: ޗެންޕިއަންސް ޖާނަލް
ވިނީޝިއަސް އަކީ 2018 ވަނަ އަހަރު ބްރެޒިލްގެ ފްލެމިންގޯއިން 45 މިލިޔަން ޔޫރޯގެ އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު ރެއާލް މެޑްރިޑް އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ވިނީ ގެ ޓްރޮފީ ލިސްޓްގައި ހިމެނެނީ:

Ad by Hajj Corporation
2 ޗެންޕިއަންސް ލީގު
2 ފީފާ ކްލަބް ވޯލްޑްކަޕް
2 ޔޫރަޕިއަން ސުޕަކަޕް
1 ސްޕެނިޝް ކަޕް
3 ސްޕެނިޝް ސުޕަ ކަޕް
1 ސައުތް އެމެރިކަން އަންޑަރ 17 ޗެންޕިއަންޝިޕް
މި ކާމިޔާބީތަކާއި އެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑިއޯ އެވޯޑަށް މި އަހަރުގައި ރޮޑްރީ އަދި މާޓިނޭޒް އާއި އެންމެ ގާތުން ވާދަކުރާނެ ކުޅުންތެރިޔަކީވެސް ވިނީޝިއަށް ޖޫނިއަރ އެވެ.