ރެއާލް މެޑްރިޑްއާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ރެފްރީން ނިންމާފައިވާ ނިންމުންތަކަށް މާފަށްއެދި ރެފްރީ ސަސްޕެންޑްކުރަނީ
22 ސެޕްޓެމްބަރު 2026 - 07:48

ސްޕެނިޝް ލަލީގާގެ ޓެކްނިކަލް ކޮމިޓީ އޮފް ރެފްރީސްގެ ހަފްތާގެ ރިވިއުގައި، ފެޑެރީކޯ ވަލްވާޑޭއަށް ކަންގް-އިން ލީ ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ވީއޭއާރުން ބަލަންޖެހޭނެ ކަމަށް ރަސްމީކޮށް އެއްބަސްވާން ނިންމައިފި އެވެ. އަދި މިމެޗުގެ ރެފްރީކަންކުރި ރެފްރީ ކުރިޔަށް އޮތް ދެ މެޗުގައި ރެފްރީކަން ކުރުން ސަސްޕެންޑް ކޮށްފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.
ރެއާޅް މެޑްރިޑް އެންމެ ފަހުން އެތްލެޓިކޯ އާއި ދެމެދު ކުޅުނު މެޗުގައި ރެއާލް އިން ކުރި 6 ފައުލަކަށް 2 ރީނދޫކާޑާއި 1 ރަތްކާޑު ދައްކާފައިވާއިރު، އެމެޗުގައި އެތްލެޓިކޯއިން ވަނީ ޖުމްލަ 19 ފައުލުކޮށްފައެވެ. އެޓީމަށް އެންމެ 2 ރީނދޫކާޑު ދައްކާފައިޥާއިރު، ނުރައްކާތެރި ދެ ފައުލަކަށް ރެފްރީ ވަނީ އެއްވެސްކާޑެއް ނުދައްކައި ދޫކޮށްލާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މިމެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިއެއް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން، މެޑްރިޑްގެ މިޑްފީލްޑަރު ވަލްވާޑޭގެ ކުޑަހުޅަށް ވަނީ އަނިޔާވެ، 2 ހަފްތާއަށްވުރެ ގިނަ ދުވަހަށް ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އަދި މި މައްސަލައަކީ މިހާރު ސްޕެއިންގެ ރެފްރީންގެ މެދުގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ މައިގަނޑު މައުޟޫއަށް މިހާރު ވަނީ ވެފައެވެ.
މީގެއިތުރުން، ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަދި ޖޫޑް ބެލިންހަމްއާ ދެމެދު ހިނގި ފާހަގަކޮށްލެވޭ ކުރިމަތިލުންވެސް މި ރިޕޯޓުގައި ހިމެނުމާމެދު އެ ކޮމިޓީން ދަނީ ވިސްނަމުންނެވެ. ނަމަވެސް މި މައްސަލަ ރިވިއުގައި ހިމަނާނެކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.


