logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 04:54
ކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި ފޯރިގަދަ މެޗު، މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި ކާލޯސް އެސްޕީ ޖެހި ލަނޑާއެކު 3-2 އިން ކާމިޔާބުކޮށް ހޯސޭ މޮރީނިއޯގެ ރެއާލް މެޑްރިޑުން މުހިންމު މޮޅެއް ހޯދައިފިއެވެ.

އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި އާރްދާ ގުލާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ދަނޑީގައި ޖެހި، އެލްޗޭގެ ގޯލްކީޕަރު މަޓިއަސް ޑިޓޫރޯ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ ރެއާލަށް ލީޑު ލިބުނެވެ. އޭގެ އަށް މިނެޓު ފަހުން، ޔާން ޑިއޮމާންޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކީލިއަން އެމްބާޕޭ ވަނީ ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ދެވަނަ ހާފުގައި އެލްޗޭއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި އަބިއެލް އޮސޯރިއޯ ބޮލުން ޖެހި ލަނޑުން އެލްޗޭއަށް ފަރަގު ކުޑަކޮށްދިންއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފާ ނީނޯ ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

ރެއާލް އެއްވަރުވާން ދަނިކޮށް ސަލާމަތްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 21 އަހަރުގެ އެސްޕީއެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެމްބާޕޭ ހުރަސްކޮށްދިން ބޯޅައަކުން އެސްޕީ ވަނީ ލަނޑު ޖަހައި ރެއާލަށް މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގައި 90 މިނެޓު ހަމަވިފަހުން އޭނާ ރެއާލް މޮޅުކޮށްދިން ދެވަނަ ފަހަރެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އެއްވަރަށް 15 ޕޮއިންޓް ހަމަކޮށްފައެވެ. އަދި މިއީ ކޯޗު ހޯސޭ މޮރީނިއޯ ލަލީގާގައި މިހާތަނަށް ކުރިމަތިލީ 25 ޓީމު ވެސް ބަލިކުރި ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންއިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 7 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 11 ދުވަސް ކުރިންޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފިކުޅިވަރު | 13 ދުވަސް ކުރިން