logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި

އަބްދުﷲ ޣާނިމް
21 ސެޕްޓެމްބަރު 2026 - 03:08
އެތްލެޓިކޯ މެޑްރިޑްގެ ދެކުޅުންތެރިން ނުރައްކާތެރި ދެފައުލް ކުރަނީ. މި ދެ ފައުލަށްވެސް ރީނދޫކާޑުވެސް ފެނިފައެއްނުވޭ.
އެތްލެޓިކޯ މެޑްރިޑްގެ ދެކުޅުންތެރިން ނުރައްކާތެރި ދެފައުލް ކުރަނީ. މި ދެ ފައުލަށްވެސް ރީނދޫކާޑުވެސް ފެނިފައެއްނުވޭ.

އާދީއްތަ ދުވަހު ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑުން ކާމިޔާބީ ހޯދައިފިއެވެ. ނަމަވެސް މި މެޗުގެ ނަތީޖާއަށްވުރެ ބޮޑަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ރެފްރީގެ ފަރާތުން ފެނިގެންދިޔަ މައްސަލަ ބޮޑު ނިންމުންތަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ދެ ކުޅުންތެރިއަކު ކުރި ފައުލްތަކާ ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޖޫޑް ބެލިންގހަމް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ފުރަތަމަ ރީނދޫކާޑު ދެއްކީވެސް ބެލިންގހަމް އަށެވެ.ނަމަމެވެސް ފަހުން ނުރައްކާތެރި އެ ފައުލު ވީއޭއާރުން ބެލުމަށްފަހު ކްރިސްޓިއަން ރޮމޭރޯ އަށް ރީނދޫ ކާޑެއް ދެއްކިއެވެ. އަދި އޭގެ ފަހުން ފެޑެރިކޯ ވަލްވާޑޭގެ ފައިގެ ކުޑަހުޅަށް އެރޭ ގޮތަށް ލީ ކަންގް-އިން ކުރި ނުރައްކާތެރި ޓެކުލަށް އެއްވެސް ކާޑެއް ނުދައްކައެވެ. މި ދެ ހާދިސާއަކީ ވެސް ސީދާ ރަތް ކާޑު ދައްކަންޖެހޭ ފައުލްތަކެއް ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި މައްސަލަ އިތުރަށް ގޯސްވީ އޭރިއާ ތެރެއިން ޖިއުލިއާނޯ ސިމިއޯނީއަށް ޑީން ހުއިސެން ކުރި ފައުލަކާ ގުޅިގެން، ވީއޭއާރު ބެލުމަށްފަހު އޭނާއަށް ރަތް ކާޑު ދައްކައި އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދިނުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އަލެހަންދްރޯ ގްރިމާލްޑޯ އެތުލެޓިކޯއަށް ކުރިހޯދައިދިންއިރު، ޖޮނަތަން ޑޭވިޑް ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ރެއާލް މެޑްރިޑުން އެންޓޯނިއޯ ރުޑިގާގެ ލަނޑުން ފަރަގު ކުޑަކުރި ނަމަވެސް، އެއްވަރުކުރާނެ ލަނޑެއް އެ ޓީމަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް މޮރީނިއޯ ހާޒިރުވީ ފުރަތަމަ ހާފުގައި ހިނގި ދެ ހާދިސާގެ ފޮޓޯތައް ޕްރިންޓްކޮށްގެންނެވެ. އޭނާ ބުނީ “އެއީ ސާފު ދެ ރަތް ކާޑު” ކަމަށެވެ. އަދި ރެފްރީންގެ މިފަދަ ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސްޕެއިންގެ ޚަބަރުތައް ބުނާގޮތުގައި ޓެކްނިކަލް ކޮމިޓީ އޮފް ރެފްރީސް އިން ވެސް ގަބޫލުކުރާ ގޮތުގައި ލީ ކަންގް-އިން ކުރި ޓެކުލަކީ ރަތް ކާޑު ދައްކަންޖެހޭ ފައުލެކެވެ. ނަމަވެސް ހުއިސެން އަށް ރަތް ކާޑު ދެއްކުމުގައި ވީއޭއާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެ ކޮމިޓީން ދެކެއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ރެއާލުން ކުޅެން ޖެހުމުގެ ފައިދާ ނަގައި އެތުލެޓިކޯ މެޑްރިޑުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި ފަހަކަށް އައިސް އަނެއްކާވެސް ބޮޑެތި މެޗުތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ރެފްރީންގެ ބޮޑެތި މިސްޓޭކްތަކެއް އަންނަނީ ފެންނަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެކުޅިވަރު | 5 ދުވަސް ކުރިންއިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 12 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 16 ދުވަސް ކުރިން