logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރެއާލް މެޑްރިޑާއި ވެލެންސިއާ ލީގުގައި ކުޅޭ މެޗު ފަސްކޮށްފި.

އަބްދުﷲ ޣާނިމް
1 ނޮވެމްބަރު 2024 - 06:43
ތޫފާން ދާނާ ގެ ސަބަބުން ވެލެންސިއާގެ ބައެއް ފެނުއަޑީގައި. ފޮޓޯ: ގެޓީ އިމޭޖެސް.
ތޫފާން ދާނާ ގެ ސަބަބުން ވެލެންސިއާގެ ބައެއް ފެނުއަޑީގައި. ފޮޓޯ: ގެޓީ އިމޭޖެސް.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ މި ހަފްތާ ބަންދުގައި ކުޅެން ހަމަޖެހިފައިވާ މެޗު ވިއްސާރައިގެ ސަބަބުން ފަސްކޮށްފިއެވެ. ނިމިދިޔަ ހަފްތާއިން ވެށިގެން ސްޕެއިންގެ ވެލެންސިއާއަށް އަންނަނީ ބޯކޮށްވާރެވެހެމުންނެވެ. ތޫފާން ދާނާ ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ސަބަބުން ވެހުނު ވާރޭއަކީ މި އަހަރުތެރޭގައި  ވެލެންސިއާއަށް އެންމެ ބޯކޮށް ވާރޭވެހުނު ފަހަރުކަމަށް ރެކޯޑްކުރެވިފައިވެއެވެ.

މި ވިއްސާރާއާއި ގުޅިގެން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުންވަނީ މި ހަފްތާ ބަންދުގައި އެސަރަޙަށްދުގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗުތަކެއް ކެންސަލް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވިއްސާރާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެއާލް މެޑްރިޑުން ވަނީ ރެޑް ކްރޮސް އަށް 1 މިލިޔަން ޔޫރޯ ހަދިޔާ ކޮށްފައެވެ. އަދި ބާސެލޯނާގެ ފޯވާޑް ފެރާން ޓޯރޭސް ވެސް ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާނެކަމަށް ބުނެފައެވެ. ޓޮރޭސް އަކީ ވެލެންސިއާ ސަރަޙައްދަށް އުފަންވި ކުޅުންތެރިއެވެ.

ރެއާލް މެޑްރިޑުން ކުޅެން ހަމަޖެހިފައިވާ މެޗުތައް ގިނަކަމުން މި މެޗު އަންނަ އަހަރުގެ މާޗުމަހާ ހަމައަށް ލަސްކުރުން އެކަށީގެންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށްކުޅިވަރު | 3 ދުވަސް ކުރިންފެތިފައި އޮތް މެޑްރިޑް ޕެނަލްޓީގެ އެހީގައި ފެނުން މައްޗަށް ޖެހިލައިފިކުޅިވަރު | 6 ދުވަސް ކުރިންދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން ބަލިވެ، ރެއާލްގެ އޮޑި ފެތިއްޖެކުޅިވަރު | 9 ދުވަސް ކުރިންކްލޮޕް ރެއާލް މެޑްޜިޑް އަށް ނޫނެކޭ ބުނެފިކުޅިވަރު | 10 ދުވަސް ކުރިން