logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޤައުމީ އަންހެން ޓީމު ސާފް ޗެމްޕިއަންޝިޕަށް ފުރައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
14 އޮކްޓޯބަރު 2024 - 12:45
ސާފް ވިމެންސް މުބާރާތަށް ފުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އަދަދު ސްޕޯޓްސް
ސާފް ވިމެންސް މުބާރާތަށް ފުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ޤައުމީ އަންހެން ފުޓްބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ނޭޕާލްއަށް ފުރައިފިއެވެ.

މި މަހުގެ 17 އިން 30ގެ ނިޔަލަށް ކުރިއަށްދާ ވާދަކުރާ ރާއްޖޭގެ އަންހެން ޓީމު، ނޭޕާލަށް ފުރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެ ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މުބާރާތުގައި ރާއްޖެއާ އެކު މުޅި ޖުމްލަ އަށް ޓީމަކުން ބައިވެރިވެއެވެ. އެއީ ރާއްޖެ، އިންޑިޔާ، ބަންގްލަދޭޝް، ޕާކިސްތާން. ބޫޓާން، ނޭޕާލް އަދި ސްރީލަންކާއެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ތިން ދުވަސް ފަހުން މި މަހުގެ 21 ވަނަ ދުވަހު ނޭޕާލްއާ ވާދާކުރާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއިން ވާދަކުރާނީ ބޫޓާންއާ އެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖް ނިމުމަށްފަހު އޮންނާނީ ސެމީ ފައިނަލްއަށް ވާއިރު، ސެމީ އަށް ދާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންެމެ މޮޅު ދެ ޓީމެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ވެސް ނޭޕާލްގައި ބޭއްވި މުބާރާތުން އެއްވަނަ ޙާސިލްކުރީ ބަންގްލަދޭޝްއިންނެވެ. އެ މުބާރާތުގައި ރާއްޖެއަށް އެންމެ ދުރަށް ދެވުނީ 2016 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ސެމީ ގައި ރާއްޖޭގެ ޓީމު ކުޅުނެވެ. އެ ނޫން ހުރިހާ މުބާރާތެއްގެ ގްރޫޕު ސްޓޭޖުން ރާއްޖޭގެ ޓީމު ވަނީ ކަޓައިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅަ ޢާއިލާ އަށް އުފާވެރި ޚަބަރެއް، ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 10 ދުވަސް ކުރިން17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށްކުޅިވަރު | 2 މަސް ކުރިންސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 2 މަސް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 2 މަސް ކުރިން