logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފި

ކޮލިފިކޭޝަންގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު
ކޮލިފިކޭޝަންގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ދިވެހި ގައުމީ ފިރިހެން ފުޓްސަލް ޓީމު ފައިނަލް ސްކޮޑް އިއުލާނު ކޮށްފި އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމް ފައިނަލްކޮށް އެފްއޭއެމުން އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގަ އެވެ. ގައުމީ ފުޓްސަލް ޓީމު ފައިނަލް ސްކޮޑް އިއުލާން ކޮށްފައި މިވަނީ އިންޑޯއަށް ފަރިތަވުމަށް ޗައިނާގައި ކޭމްޕުކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމީ ޓީމުގެ ފައިނަލް ސްކޮޑްގެ ފައިނަލް ސްކޮޑް 14 ކުޅުންތެރިންނަށް މަދުކޮށްފައިވާއިރު، ފުޓްސަލް ޓީމު ޗައިނާއިން ދެން ދާނީ ސީދާ ތައިލެންޑަށެވެ.

ދިވެހި ގައުމީ ފުޓްސަލް ޓީމުގައި ހިމެނެނީ އިބްރާހިމް ނާޖިހު، ޒައިދާން އަހުމަދު، އަލީ ޝިޔާހު، އަހުމަދު ހަމީދު، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު، ހުސެއިން ސުހެއިލް، ހުޒެއިފަތު ރަޝީދު، އަހުމަދު ރާހިލް ރަޝީދު، އަބްދުﷲ ޖުނެއިދު (ޖޭންނޭ)، އަލީ ހައިޝަމް އަދި އަލީ ޝަމާލް އަބްދުﷲއެވެ. މި ޓީމުގެ ހެޑް ކޯޗަކީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ.

ތައިލެންޑް ގައި ބާއްވާ "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް2026" ކުރިއަށް ދާނީ މި ހިނގާ ޖެނުއަރީ މަހުގެ 14 އިން އެ މަހުގެ 26 ގެ ނިޔަލަށެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަކީ ޕާކިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅޭނީ މި މަހުގެ 14 ވަނަދުވަހުގަ އެވެ. ރާއްޖޭގެ ދެވަނަ މެޗުގައި ބަނގްލަދޭޝް އާ ދެކޮޅަށް ނުކުންނާނޯ މިމަހުގެ 16 ވަނަ ދުވަހުގަ އެވެ. އަދި ރާއްޖޭގެ ތިންވަނަ މެޗުގައި މިމަހުގެ 20 ގައި އިންޑިއާ އާ ދެކޮޅަށް ނުކުންނައިރު، މި މަހުގެ 22 ގައި ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. މި މަހުގެ 24 ގައި ބޫޓާންއާ ދެކޮޅަށް ނުކުންނައިރު، ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ނުކުންނާނީ 26 ވަނަ ދުވަހު ސްރީލަންކާ އާ ދެކޮޅަށެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ. މި މުބާރާތް ކުރިޔަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާޢްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފިކުޅިވަރު | 19 ގަޑިއިރު ކުރިންގައުމީ ޓީމުގެ ކޯޗުކަމަށް ތިންވަނަ ފަހަރަށް އުރުބާނީކުޅިވަރު | 4 ދުވަސް ކުރިންރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރަން މުބާރާތެއް ބާއްވަނީކުޅިވަރު | 4 ދުވަސް ކުރިންސާފް މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފިކުޅިވަރު | 10 ދުވަސް ކުރިން