logo
Bank of Maldives

Bank of Maldives

ޚަބަރު

ފުޓްބޯޅަ ޢާއިލާ އަށް އުފާވެރި ޚަބަރެއް، ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2025 - 07:38
ފުޓްބޯޅަ ޢާއިލާ އަށް އުފާވެރި ޚަބަރެއް، ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

12:40 PM

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރަން ހަމަޖެހިއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ޢިއުލާން ކުރަށްވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި މިއީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެކެވެ.

މި ދަތުރުފުޅަކީ މުޅި ގައުމުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް އާ އަޒުމަކާއެކު މަސައްކަތްކުރުމުގެ ނިޝާނެއް ކަމަށާއި، މި ޒިޔާރަތުގެ ސަބަބުން ދިވެހިރާއްޖޭގައި ފުޓްބޯޅަ ތަރައްޤީކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ޓޮމް ފާހަގަކުރެއްވިއެވެ.

19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރު ކަމަށްވާ މި ދަތުރުފުޅުގައި، ފީފާއިން އެފްއޭއެމްއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

އިންފަންޓީނޯގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅައިގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް އެ އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ފީފާގެ ރައީސްގެ މި ތާރީޚީ ދަތުރުފުޅާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައަށް އާ ހިތްވަރަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފުޓްބޯޅަ ލޯބިވާ ފަރާތްތަކުން އުންމީދު ކުރެއެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ފީފާގެ އެއިރުގެ ރައީސް ސެޕް ބެލްޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައްސާމަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފިޚަބަރު | ދުވަހެއް ކުރިންސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ ކުޅިވަރު | މަހެއް ކުރިންފަލަސްތީނު ގައުމީ ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސާދެނީ ކުޅިވަރު | 2 މަސް ކުރިންބައްސާމު އަށް އިތުރު 5 އަހަރު ގެ ޖަލު ހުކުމެއްޚަބަރު | 3 މަސް ކުރިން