logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޔާސީ ބޭނުމަށް އެސްއޯއީސްތަކަށް ވަޒީފާތައް އިތުރުކޮށް މީހުންވެއްދީ ސޯލިހް: ތޯރިގް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖުލައި 2026 - 18:51
ސިޔާސީ ބޭނުމަށް އެސްއޯއީސްތަކަށް ވަޒީފާތައް އިތުރުކޮށް މީހުންވެއްދީ ސޯލިހް: ތޯރިގް

ސިޔާސީ ބޭނުމަށްޓަކައި ދައުލަތުގެ ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ބޭނުންނުވާ ވަރަށް ވަޒީފާތައް އިތުރުކޮށް، މީހުން ވެއްދީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ، ޚާއްސަކޮށް ގާނޫނު އަސާސީ ތަޞްދީޤުވި ފަހުން ދައުލަތުގެ ނިޒާމުގެ ތެރެއަށް ބޭނުންނުވާ ވަރަށް ވަޒީފާ އިތުރުކުރީ ފެނަކަ، ސްޓެލްކޯ އަދި އާރްޑީސީ ފަދަ ކުންފުނިތަކަށް ކަމަށެވެ. މިއީ ރައީސް ނަޝީދާއި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކަންކުރި ގޮތް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތޯރިގް ވިދާޅުވީ، ފެނަކަ ފަދަ ކުންފުނިތަކަށް މީހުން ވެއްދުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. "މަސްވެރިކަމުގެ ސިނާއަތުގައި ތިބި އެތައް ބަޔަކު މިހާރު ފެނަކައަށް ވެއްދިއްޖެ. އެހެންވީމާ މަސްވެރިކަމުގެ ސިނާއަތް އެބަ ފަނޑިގެންދޭ ނުވަތަ ހަލާކުވެގެންދޭ،" ތޯރިގް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އޭރުގެ ސަރުކާރުގެ ވިސްނުމަކީ މަސްވެރިކަމަށްދާ ޒުވާނުންނަށް 8،000 ނުވަތަ 10،000 ރުފިޔާގެ ވަޒީފާއެއް ދީގެން ވޯޓު ހޯދުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ތޯރިގް ވިދާޅުވީ، އޭރުގެ ސަރުކާރުން އުންމީދުކޮށްގެން ތިބީ 56 އިންސައްތަ ވޯޓާއެކު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް، ކުންފުނިތަކަށް މީހުން ވައްދައިގެން ވޯޓު ހޯދަން އުޅުމުންވެސް ފުރަތަމަ ބުރުގައި ލިބުނީ 36 އާއި 38 އިންސައްތައާ ދެމެދުގެ ނަތީޖާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނިތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ، އާބާދީގެ ނިސްބަތުން 35 ނުވަތަ 50 މުވައްޒަފުން ބޭނުންވާ ރަށްރަށުގެ ފެނަކަ ގޮފިތަކަށް 100 އެއްހާ މީހުން ވައްދާފައިވާ ކަމަށެވެ. އެހެންކަމުން، ޕީސީބީން ކުންފުނިތަކަށް އަންގާފައިވަނީ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ނުވަތަ އެންމެ އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްވެސް ކުންފުނިތަކަކުން މުވައްޒަފުން ވަކިކުރާނަމަ އެކަން ކުރާނީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން، ދޭންޖެހޭ އުޖޫރައާއި އިނާޔަތްތައް ދިނުމަށްފަހު ކަމުގެ ޔަގީންކަންވެސް ތޯރިގް ވަނީ ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޔާސީ ބޭނުމަށް އެސްއޯއީސްތަކަށް ވަޒީފާތައް އިތުރުކޮށް މީހުންވެއްދީ ސޯލިހް: ތޯރިގްޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނަނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދުޚަބަރު | 22 ދުވަސް ކުރިންއެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢުޚަބަރު | މަހެއް ކުރިން