އެފްއޭއެމް އެވޯޑްސް އަލުން ބާއްވަން ނިންމީ ކުޅުންތެރިންނަށް، އެކުޅުންތެރިންގެ ޝަރަފު ހޯދައިދިނުމަށް - އެފްއޭގެ ރައީސް ޠާރިޤް
9 އޮކްޓޯބަރު 2026 - 10:08

އެފްއޭއެމް އެވޯޑްސް އަލުން ބާއްވަން ނިންމީ ކުޅުންތެރިންނަށް އުއްމީދުތަކެއް ނުވަތަ އެކުޅުންތެރިން ޙާސިންކުރަން ބޭނުންވާ ޓާގެޓްތައް ޙާސިލް ކުރުމުގައި އެޝަރަފް އެކުޅުންތެރިންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
އެފްއޭގެ ރައީސް މިހެން ވިދާޅުވީ 8 އަހަރަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގައި ވާހަކަ ދައްކަވަމުންނެވެ. އެފްއޭގެ ރައީސް އަޙްމަދު ޠާރިޤް ޓޮމް ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް އެވޯޑް ބާއްވަން އެފްއޭގެ މިހާރުގެ އެކްސްކޯއިން ނިންމީ އެފްއޭގެ މުބާރާޓްތަކުގައި ވާދަކުރާ ޓީމްތަކާއި ކޯޗުންނަށް އެޝަރަފް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ފުޓްބޯޅަ އާއުއްމީދުތަކާއި އާ މަންޒިލަކަށް ދަތުރުކުރާއިރު އެކުޅުންތެރިން އެކުރާ މަސައްކަތުގެ އަގު، އަދި އެޓީމްތަކުން ކުރާ މަސައްކަތުގެ އަގު، އެކޯޗުންކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭނެ ކަމަށް ދެކޭތީކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ޓޮމްވިދާޅުވީ ވޭތުވެދިޔަ ސީޒަން ފަށްޓާއިގެން މިހާހިސާބަށް އާދެވުނުއިރު ދަތިތަކެއްވެސް ދިމާވި ކަމަށާއި ނަމަވެސް މިހާހިސާބަށް މިމުބާރާތްތައް ގެނައުމުގައި އެއެސޯސިއޭޝަނަށް އެކޮ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށަވެ. ޚާއްސަކޮށް ދިވެހި ސަރުކާރުން، އަދުގެ ރައީސުލްޖުމްޖޫރުއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުޅިވަރާބެގޭ ވުޒާރާއިން ދެއްވާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

-01.jpg&w=3840&q=75)
