logo
ޚަބަރު

ޠާރިޤުގެ އެކްސްކޯ އަށް ތާއީދު އޮތްތޯ އެފްއޭއެމުން ބަލަނީ

އާމިނަތު ޝަފާ
8 ޖުލައި 2025 - 06:38
ޠާރިޤުގެ އެކްސްކޯ އަށް ތާއީދު އޮތްތޯ އެފްއޭއެމުން ބަލަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެކަނި ކުރިމަތިލެއްވުމުން އޭނާގެ އެކްސްކޯއަށް ތާއީދު އޮތްތޯ ބެލުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި އެވެ.

އިލެކްޓޯރަލް ކޮމިޓީން އިއްޔެ ވަނީ މިކަން ބަޔާންކޮށް ކުލަބުތަކަށް ސިޓީ ފޮނުވައިފަ އެވެ. އެދިފައިވަނީ ކުރީގެ ގައުމީ ފޯވަޑް ހުށަހަޅާފައިވާ އެކްސްކޯ އަށް ތާއީދު އޮތްކަން ބުދަ ދުވަހުގެ ކުރިން ޔަގީން ކޮށްދިނުމަށެވެ.

އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއްގެ ތާއީދާއެކު ޓޮމް ފޯމު ހުށަހެޅުއްވީ އާދިއްތަދުވަހުއެވެ. ހުސްވި މަހުގެ 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބުގައި ވާދަކުރާއިރު ޓޮމްއަށްވަނީ 26 ކުލަބުގެ ތާއީދު ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޮމް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކު ކަމަށެވެ.

ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރަށްވާފައިވާ ޓޮމްގެ އެކްސްކޯއަށް ހޮއްވަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި، ކުލަބުތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޓޮމްގެ އެކްސްކޯއަކީ:

ރައީސް: އަހްމަދު ތާރިޤް

ސީނިއަރ ވައިސް ޕްރެޒިޑެންޓް: އަލީ އިބްރާހިމް (ނިއު)

ވައިސް ޕްރެޒިޑެންޓް: ހުސައިން ޝާފިއު (މާޒިޔާ)

ވައިސް ޕްރެޒިޑެންޓް: މުޖުތަބާ ޖަލީލް (ނިއު)

މެންބަރު: އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)

މެންބަރު: މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)

މެންބަރު: އަޙްމަދު އައްބާސް (ޓީސީ)

މެންބަރު: އަލީ ރިޒްވާން (ބީޖީ)

އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު

އަންހެން މެންބަރު: ހައްވާ ރަޝީދާ

މެންބަރު: އަބްދުﷲ ނާސިޙް (އޮޑި)

މިހާރު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އެފްއޭއެމްގެ އާ އިންތިހާބު މި އަހަރުގެ މިނިވަން ދުވަހުގައި ބާއްވަންހަމަޖެހިފައިވާއިރު، މި އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.

މިހާރު އެފްއޭއެމްގައި މެމްބަރު ކްލަބްތަކުގެ އަދަދަކީ އެއްވަނަ ޑިވިޒަންގެ 10 ކުލަބާއި، ދެވަނަ ޑިވިޒަންގެ 13 ކުލަބާ އެކު ޖުމްލަ 23 ކުލަބެވެ. ތޯރިގުގެ ކެންޑިޑެސީއަށް މި 23 ކުލަބުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޠާރިޤުގެ އެކްސްކޯ އަށް ތާއީދު އޮތްތޯ އެފްއޭއެމުން ބަލަނީޚަބަރު | 2 މަސް ކުރިންއެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 2 މަސް ކުރިންތޯރިގް އެމްޑީޕީއަށް: މިއީ ރާއްޖޭގެ ހާލަތު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަންވީ ވަގުތެއް ނޫންޚަބަރު | 4 މަސް ކުރިން