logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސް

މުޙައްމަދު އަފްރާޙް
24 ޖެނުއަރީ 2026 - 11:52
ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ގައުމީ ފުޓްސަލް ޓީމަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައިފިއެވެ.

އެމަިކުފާނު މިެން ވިދާޅުވީ ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ހޯދުމުން ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމުން ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކުރައްވާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މި ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރުން އިސްކުރައްވާފައެވެ.

ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް ކަމަށާއި ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއްކަން ފާހަގަކުރައްވާ ވަނީ ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރައްވާފައެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ރާއްޖެއިން ކަށަވަރުކުރީ ބޫޓާނާ ދެކޮޅަށް މިއަދު ކުޅުނު މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. މިއީ ފުޓްސަލްގެ ތާރީޚުގައި ރާއްޖެއިން ހޯދި ބައިނަލްއަގްވާމީ ފުރަތަމަ ތަށްޓެވެ.

މި މެޗުގެ 12 ވަނަ މިނެޓުގައި ޖިގްނޭ ޝުލްޓްރިމް ޖެހި ލަނޑުން ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ރާއްޖޭގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ހާފު ނިމުމުގެ ކުރިން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އަހްމަދު ހަމީދު (އައްމަޑޭ) ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކުރި ލަނޑާއެކު ރާއްޖެއިން ވަނީ މޮޅުވިކަން ޔަގީންކޮށްފައެވެ.

މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ވަނީ ހޯދާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ރާއްޖެއާ އަރާ ހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން ބާކީ އެއް މެޗު އޮއްވައި ރާއްޖެއަށް ވަނީ މުބާރާތުގެ ތަށި ކަށަވަރުވެފައެވެ. ލީގު އުސޫލުން ކުޅޭ މުބާރާތުގެ ފަހުމެޗުގައި ރާއްޖެ ނިކުންނާނީ މިމަހުގެ 26 ވަނަ ދުވަހުގައި ލަންކާއާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮފުޅުކަމަށް ދެއްކެން ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު ބޮޑުކުރި، ނަމަވެސް ފައިސާ ނުދެވުނު: ޝުޖާއުޚަބަރު | 7 ގަޑިއިރު ކުރިންހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދުޚަބަރު | ދުވަހެއް ކުރިންއަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެޚަބަރު | ދުވަހެއް ކުރިންރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 2 ދުވަސް ކުރިން