logo
ކުޅިވަރު

ޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރާނީ ބަންގާޅު އަދި އިންޑިޔާއާ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ސެޕްޓެމްބަރު 2024 - 09:41
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު މުބާރާތެއްގައި ކުޅެނީ --ފޮޓޯ/ ޕީއެސްއެމް
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު މުބާރާތެއްގައި ކުޅެނީ --ފޮޓޯ/ ޕީއެސްއެމް

މި މަހު އޮންނަ ޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަރުގަދަ ދެ ޓީމާ ވާދަކުރަން ޖެހިއްޖެއެވެ.

މި މަހުގެ 20 އިން 30 އަށް ނޭޕާލުގައި އޮންނަ ޔޫތް ސާފްޗެމްޕިއަންޝިޕުގައ ރާއްޖެ ވާދަކުރާނީ އިންޑިޔާ އަދި ބަންގްލަދޭޝްއާއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ މި މަހު 22 ގައިއެވެ. އަދި އިންޑިޔާއާ ދެކޮޅަށް ރާއްޖެއިން ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ޔޫތް ސާފްޗެމްޕިއަންޝިޕުގައި ރާއްޖެއާއެކު ޖުމްލަ ހަތް ގައުމަކުން ބައިވެރިވެއެވެ. އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ރާއްޖޭގެ ގްރޫޕުގައި އިންޑިޔާ އަދި ބަންގްލަދޭޝް ހިމެނޭއިރު، ގްރޫޕު ބީ ގައި ހިމެނެނީ ނޭޕާލް، ޕާކިސްތާން، ސްރީލަންކާ އަދި ބޫޓާންއެވެ.

މުބާރާތް ރޭވިފައިއޮތް ގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމުމަށްފަހު އޮންނާނީ ސެމީ ފައިނަލްއެވެ. އެގޮތުން ސެމީ ފައިނަލްގެ ޖާގަ ހޯދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލު ތަޅުއަޅުވައި، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން އެ ގައުމު ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 5 ދުވަސް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 12 ދުވަސް ކުރިންއެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިކުޅިވަރު | 21 ދުވަސް ކުރިން