logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީ

މުޙައްމަދު އަފްރާޙް
26 ޖެނުއަރީ 2026 - 06:27
ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީ

raw

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ގައުމީ ފުޓްސަލް ޓީމަށް 1 މިލިއަން ރުފިޔާ ދެއްވުމަށް ނިންމަވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު އެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު ބޭއްވި ސުޕަރ ކަޕްގެ ޗެންޕިއަންކަން ހޯދުމާ ގުޅިގެން ބޯނަހެއްގެ ގޮތުގައި ދެއްވުމަށް ނިންމެވި ފައިސާ ކަމަށެވެ. ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފައިސާ ހަވާލުކުރާނީ ފުޓުބޯލް އެސޯސިއޭޝަން މެދުވެރިކޮށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ސައުތު އޭޝިއަން ސުޕަރ ކަޕް ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ސުޕަރ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ސްރީލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުކޮށްގެންނެވެ. ރާއްޖޭން ފުރަތަމަ މެޗު 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެފަަހަރު ޗެމްޕިއަން ކަން ކަނޑައެޅީ އެގްރިގޭޓުންނެވެ.

ހަމަ އެހެންމެ ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެ ވަނީ ހޯދާފަ އެވެ. ފަހުރުވެރި އެ ކާމިޔާބީ ގައުމީ ޓީމުން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އަދި ބާކީ އެއް މެޗު ވެސް އޮއްވައެވެ.

ކުޅުންތެރިންގެ ފެންވަރު މަތިކޮށް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން ހޯދާ ކާމިޔާބީތައް އިތުރު ކުރުމަށް އެސޯސިއޭޝަންތަކާ ގުޅިގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސްގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢުޚަބަރު | 5 ގަޑިއިރު ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 6 ގަޑިއިރު ކުރިންމީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 8 ގަޑިއިރު ކުރިންވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 12 ގަޑިއިރު ކުރިން