logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އައިސްފި

އިސްމާޢިލް ރާތިޢު
18 ޖެނުއަރީ 2026 - 13:42
އިސްތަވާން އުރްބާނީ ރާއްޖެ އައުން- ފޮޓޯ: ޕީއެސްއެމް
އިސްތަވާން އުރްބާނީ ރާއްޖެ އައުން- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖެއްސި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ، ޓީމާ ހަވާލުވުމަށް މިއަދު މެންދުރުފަހު ރާއްޖެ އައިސްފިއެވެ.

މިއީ އުރުބާނީ ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވާ ތިންވަނަ ފަހަރެވެ. މިފަހަރު އޭނާ ހެޑް ކޯޗުކަމާ ހަވާލުވީ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާވެސް އަދާކުރާ ގޮތަށެވެ.

ތިންވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވި އެއް ސަބަބަކީ އެފްއޭއެމުގެ މެނޭޖްމަންޓް ބަދަލުވެ، އޭނާގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެފްއޭއެމްގެ ރައީސްކަމާ ހަވާލުވުންކަމަށް އުރުބާނީ ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމަށް އުރުބާނީ އެންމެ ފުރަތަމަ ހަމަޖެއްސީ 2009 ވަނަ އަހަރެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމު ވަނީ ރިހި މެޑަލް ހޯދާފައެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަށްފަހު 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީވެސް އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

ޔޫރަޕު ފުޓުބޯޅައިގައި ކޯޗުންނަށް ދޭ އެންމެ މަތީ ކޮލިފިކޭޝަންކަމަށްވާ ޔޫއެފާ ފްރޯ ކޯޗިން ލައިސެންސް ހާސިލްކޮށްފައިވާ އުމުރުން 58 އަހަރުގެ އުރުބާނީ ވަނީ ރާއްޖޭ ގައުމީ ޓީމުގެ އިތުރުން ހަންގޭރީގެ ބައެއް ކުލަބުތަކާއި އެމެރިކާގެ ބައެއް ކުލަބުތަކަށް ވެސް ކޯޗުކަންކޮށްދީފައެވެ. އެގޮތުން އެމެރިކާގެ ސްޕޯޓިންގް ކެންސަސް ސިޓީގެ ޒުވާން ޓީމަށާއި ކޯ ވެލީ އެފްސީއަށް ވެސް އޭނާ އިރުޝާދުދީފައިވެއެވެ.

މިހުރިހާ ކާމިޔާބީއެއްގެ ތެރެއިން އޭނާ އެންމެ ބޮޑަށް އުފާވީ، 23 އަހަރުން ދަށުގެ ޓީމު ގޮސް ސްރީލަންކާގައި އޮތް ރާޖަޕަކްސާ މުބާރާތް ކާމިޔާބު ކުރުމުން ކަމަށް އުރުބާނީ ބުނެފައިވެއެވެ.

އުރުބާނީ ފާހަގަކުރެވިފައިވަނީ ޒުވާން ކުޅުންތެރިން ކުރިއަރުވާ، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރޭ ޒަމާނީ ޓީމެއް އެކުލަވާލަން މަސައްކަތްކުރާ މޮޅު ކޯޗެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | 3 ދުވަސް ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 19 ދުވަސް ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | މަހެއް ކުރިންރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިން