logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖެ އަށް ވޯލްކަޕްގައި ކުޅެން ފުރުސަތު ލިބިއްޖެ!

އަޙުމަދު ރިޝާން
11 ޖުލައި 2026 - 06:28
ފޮޓޯ/ އަދަދު
ފޮޓޯ/ އަދަދު

 ފުޓްބޯޅައިގެން އެންމެ، ވާދަވެރި ފުޓްބޯޅަ މުބަރާތް ވޯލްޑްކަޕްގައި ރާއްޖެ އަށް ބައިވެރިވާން ފުރުސަތު ލިބިދާނޭ ބުނުމުން ކޮންމެ މީހަކު ވެސް ހައިރާންވާނެ އެވެ. އާންމުކޮށް ވޯލްޑްކަޕްގައި ކޮލިފައިނުވެ، ބައިވެރިވެވެނީ ވޯލްޑްކަޕް ބާއްވާ ގައުމަށް އެކަންޏެވެ. ނަމަވެސް ރާއްޖޭގައި އަދި އެފަދަ ބޮޑު މުބާރާތެއް ބާއްވާ ވަރަށް ދަނޑުތަކާއި ވަސީލަތެއް ނެތެވެ. އެކަމަކު ވެސް ދިވެހިން އެ ކުޅިވަރަކަށް މަރުދޭ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރަތުގައި ރާއްޖޭގެ ޓީމު ފެނިލުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އުންމީދެކެވެ.

ދިވެހިންގެ މި ފޮނި އުންމީދަށް މިއަދު މިވަނީ ހަގީގަތަކަށްވެފަ އެވެ. ފީފައިން މި ވަނީ މެމްބަރު ގައުމުތަކަށް އަމާޒުކޮށް 15 އަހަރުން ދށުގެ ވޯލްޑްކަޕެއް ބޭއްވުމަށް ނިންމާފަ އެވެ. އަދި ރާއްޖެ އަކީ ފީފާގެ މެމްބަރު ގައުމަކަށް ވީހިނދު ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ދުނިޔޭގެ ފެންވަރުގައި ހުނަރު ދައްކާލުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ނިންމާފައި ވަނީ ދެޖިންސަށް އަމާޒުކޮށްގެން، މެމްބަރު ހުރިހާ ގައުމުތަކަށް ބައިވެރިވެވޭނެ ގޮތަށް 15 އަހަރުން ދަށުގެ ކުދިންނަށް ވޯލްޑްކަޕެއް ބޭއްވުމަށެވެ. މި އަހަރުގެ އޮކްޓޫބަރު މި މުބާރާތް ބާއްވާއިރު މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ އަޒަރުބައިޖާންގެ އެވެ. އެ ގައުމަކީ މިފަދަ މުބާރާތެއް ބޭއްވަށް ވަސީލަތްތައް ގާއިމުކޮށްފައިވާ ގައުމެކެވެ. މި މުބާރާތުގައި އަންހެން ބައި މިއަހަރު ކުރިޔަށް ނުގެންދިޔަ ނަމަވެސް 2028 ވަނަ އަހަރުން ފެށިގެން އަންހެން ކުދިންގެ ވޯލްޑްކަޕް ވެސް ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. އަދި އެ އަހަރަށް ފަހު މުބާރާތް ކުރިޔަށް ގެންދާނީ ދައުވަތުދޭ އުސޫލުންނެވެ.

ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށް މި މުބާރާތްކުޅުމުގެ ނަސީބު އޮތް ނަމަވެސް ސަސްޕެންޝަނެއްގައި އޮތުމުން ނޭޕާލް އަށް މިއަހަރު އެފުރުސަތެއް ނުލިބޭނެ އެވެ. ފީފާއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މެމްބަރު ހުރިހާ ގައުމަކަށް ފުރުސަތުދިނުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އަށް ވޯލްކަޕްގައި ކުޅެން ފުރުސަތު ލިބިއްޖެ!ކުޅިވަރު | 2 ގަޑިއިރު ކުރިންތާރީޚީ ކާމިޔާބީއާއެކު ގައުމީ ފުޓްސަލް ޓީމު ގައުމަށް: އެއާޕޯޓުން ހޫނު މަރުހަބާއެއް!ޚަބަރު | 5 މަސް ކުރިންރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީޚަބަރު | 6 މަސް ކުރިންގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އައިސްފިކުޅިވަރު | 6 މަސް ކުރިން