logo
ކުޅިވަރު

ވިނީޝިއަސް ގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި

އަބްދުﷲ ޣާނިމް
23 އޮކްޓޯބަރު 2024 - 04:35
ވިނީޝިއަސް ޖޫނިއަރ ގެ ހެޓްރިކާއެކު މެޑްރިޑް ގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ؛ ރެއާލް މެޑްރިޑް
ވިނީޝިއަސް ޖޫނިއަރ ގެ ހެޓްރިކާއެކު މެޑްރިޑް ގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ؛ ރެއާލް މެޑްރިޑް

ފަހަތުން އަރައި ބްރޫޝިއާ ޑޯރޓްމަންޑް ބަލިކުރުމަށްފަހު ރެއާލް މެޑްރިޑުން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފިއެވެ. ރާއްޖެގަޑިން ރޭގެ 12 ޖެހި އިރު މެޑްރިޑް ގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ 2 ގޯލް ވެސް ޖެހީ ޑޯޓުމަންދުންނެވެ. މި 2 ގޯލް އެޓީމަށް ޖަހަދިނީ އެ ޓީމުގެ 21 ނަންބަރު ނެދަލޭނެންޑްސް ގެ ޑޯނިއަލް މާލަން އަދި އިންގްލެންޑް ގެ 20 އަހަރުގެ ޖެމީ ގިޓެންސް އެވެ.

ފުރަތަމަ ހާފުގައި ލިބިފައިވާ ލީޑު ހިފެހެއްޓުމަށް ޑޯޓުމަންޑްގެ ކޯޗުވަނީ 5 ޑިފެންޑަރުން އަރުވާ ޑިފެންސް އިތުރަށް ވަރުގަދަކޮށްފައެވެ. ފުރަތަމަ ހާފުގައި 2 ލަނޑުގެ ތަފާތުން ބަލިވެފައި އޮތްނަމަވެސް ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން މެޑްރިޑް ގެ ފުރަތަމަ ގޯލް ޖަހައިދިނީ އެމްބައްޕޭ ގެ އެސިސްޓަކުން ޑިފެންޑަރ ރޫޑިގާ އެވެ. މެޗުގެ ދެވަނަ ގޯލް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއަސް ޖޫނިއަރ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޑްރިޑަށް ލީޑު ނަގައިދިން ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ޑިފެންޑަރ ވަސްކޭޒް އެވެ.

މެޑްރިޑްގެ ލީޑު ފުޅާކޮންދިން ގޯލަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމަށް މިއަހަރު ވާދަކުރާ ވިނީޝިއަސް ޖެހި ހިތްގައިމު ގޯލެކެވެ. އަމިއްލަ ހާފުގެ އޭރިޔާ ކައިރިން ބޯޅަ ހިފައިގެންގޮސް އިދިކޮޅު ގޯޅު ފޫއަޅުވާލި މި ގޯލާއެކު ވިނީޝިއަސް ވަނީ ބެލަންޑިއޯ ހައްޤުވެރިއަކީ ކޮބައިކަން ދައްކާލާފައެވެ. މި ގޯލަކީ މި މުބާރާތުގައި ޖެހި އެންމެ ރީތި ސޯލޯ އެއް ގޯލަށް ވާނެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހެޓްރިކް ހަދައިދިނީ މެޗުގެ 86 ވަނަ މިނެޓުގައެވެ.

viber_image_2024-10-23_02-18-19-464.jpg

ވިނީޝިއަސް ޖޫނިއަރ މޭންއޮފްދަ މެޗު އެވޯޑާއެކު ހެޓްރިކް ބޯޅަ ހިފަހަށްޓައިގެން. ފޮޓޯ: ޔުއޭފާ

 

މި މޮޅާއެކު މި މަހުގެ 27 ވަނަ ދުވަހު ކުޅޭ އެލް ކްލެސިކޯ މެޗަށް މެޑްރިޑު ތައްޔާރުވެފައިވާކަން ވަނީ ދައްކާލާފައެވެ.

ރޭގައި ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާއިރު އާރސެނަލް އާއި ޝަޚްތަރު ބައްދަލުކުރި މެޗު 1-0 އިން ވަނީ އާރސެނަލް ކާމިޔާބުކޮށްފައެވެ. ޕީ.އެސް.ޖީ އާއި ޕީ.އެސް.ވީ ކުޅުން މެޗުން 1-1 އިން އެއްވަރުވިއުރު 10 ކުޅުންތެރިންނާއެކު ކުޅުނު ޔުވެންޓަސް ވަނީ އެމީހުންގެ އަމިއްލަ ދަނޑުގައި 0-1 އިން ބަލިވެފައެވެ.
ޗެންޕިއަންސް ލީގުގައި މިރޭގައިވެސް ވަރުގަދަ މެޗުތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ބާސެލޯނާއާއި ބަޔާން މިޔުނިކް ބައްދަލުކުރާ މެޗަކީ ފާހަގަކޮށްލެވޭ މެޗެކެވެ. މި މެޗުފަށާނީ ރާއްޖެގަޑިން މިރޭ 12:00 ގަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 5 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 11 ދުވަސް ކުރިންރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓްކުޅިވަރު | 17 ދުވަސް ކުރިން