logo
Bank of Maldives

Bank of Maldives

ކުޅިވަރު

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.

އަބްދުﷲ ޣާނިމް
24 އޮކްޓޯބަރު 2024 - 05:39
ގޯލް ޖެހުމަށްފަހު ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ
ގޯލް ޖެހުމަށްފަހު ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ޓީމު ކަމަށްވާ ބާސެލޯނާއިން ޖަރުމަނުގެ ބަޔާން މިޔުނިކް ލަދުގަންނަވާލައިފިއެވެ. ރޭގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗުން ބާސެލޯނާ ވަނީ 4-1 ގެ ނަތީޖާއަކުން ބަޔާން ގެ މައްޗަށް ކުރިހޯދާފައެވެ. މިއީ ބާސެލޯނާއިން ބަޔާން އާއި ދެކޮޅަށް ނެރެފައިވާ ދަށް ނަތީޖާ ތަކުގެ ހިތްދަތިކަމުން އަރައިގަނެ ޓީމުގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވާނެފަދަ ނަތީޖާއެކެވެ.

މެޗުފެށިގެން ފުރަތަމަ މިނެޓުގައިވެސް ބާސެލޯނާއިން ވަނީ ގޯލެއް ޖަހާފައެވެ. މި ގޯލް ކާމިޔާބު ކޮށްދީފައިވަނީ މި ސީޒަންގައި މޮޅުކުޅުމެއް ދަށްކަމުން އަންނަ ބްރެޒިލްގެ ރަފީނިޔާ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލް އަދި ހަތަރުވަނަ ވަނަ ގޯލް ޖަހިއިދީ ރަފީނިޔާވަނީ އޭނާގެ ކެރިއަރުގެ ޗެންޕިއަންސް ލީގުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ބާސެލޯނާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަފީނިޔާ މިއީ ކްލަބް ޖޯޒީގައި ކުޅުނު 100 ވަނަ މެޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

464476540_1173962964531193_6056975375447713605_n.jpg

ހެޓްރިކް ހީރޯ ރަފީނިޔާ. ފޮޓޯ؛ ޔުއޭފާ

 

މެޗު ފަށައިގެން ފުރަތަމަ ހާފުގައި ބަޔާން އިން މޮޅުކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ހެރީ ކޭންއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 18 ވަނަ މިނެޓުގައެވެ. އެހެންނަމަވެސް ބާސެލޯނާއިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ އިތުރު ދެ ގޯލް ޖަހާ ބަޔާން ސިއްސުވާލާފައެވެ.

މި ސީޒަންގައި ޓީމާ ގުޅުނު ބަޔާން މިޔުނިކްގެ ކުރީގެ ކޯޗު ހެންސީ ފްލިކް ގެ އިރުޝާދުގެ ދަށުން މި ސީޒަން ފެށިގެން މިހާތަނަށް ބާސެލޯނާ އަންނަނީ ވަރުގަދަ އެޓޭކިން ފުޓުބޯޅައެއް ކުޅެމުންނެވެ. އެގޮތުން ބާސެލޯނާއިން ވަނީ ޗެންޕިއަންސް ލީގުގެ އެންމެ ފަހުން ކުޅުނު ދެ މެޗުން 9 ގޯލް ޖަހާފައެވެ. ބާސެލޯނާގެ ލަ މާސިޔާ ގެ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ މި ޓީމުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔަކީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއެވެ. އެގޮތުން މި ސީޒަންގެ ގޯލްޑާން ބޯއީ ގެ އެވޯޑް ލިބުން އެންމެ ގާތީވެސް ލަމީން ޔަމާލްކަން ފާހަގަކޮށްލެވެއެވެ.

ބާސެލޯނާ ދެން ކުރިމަތިލާނީ އެލް ކްލެސިކޯގައި މެޑްރިޑާ ދެކޮޅަށް ސެންޓިއާގޯ ބާނަބާއު ގައެވެ. މި މެޗުކުޅޭނީ މި މަހު 26 ވަނަ ދުވަހުގެ ރޭގައި ރާއްޖެގަޑިން 12:00 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޔާން ފަސޭހަކަމާއެކު ވޯލްޑް ޗެންޕިއަން ސައިޒަށް ކަނޑާލައިފިކުޅިވަރު | 6 ގަޑިއިރު ކުރިންމިދިޔަ އަހަރުގެ ޗެންޕިއަންސް ލީގުގެ ގޯލްޑަން ބޫޓު ގިރާސީއަށްކުޅިވަރު | 2 ދުވަސް ކުރިންޗެންޕިއަން ބާސެލޯނާ ގަދަކޮށް އެނބުރި އައިސްފިކުޅިވަރު | 3 ދުވަސް ކުރިންގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 5 ދުވަސް ކުރިން