logo
E-Platinum
ކުޅިވަރު

ރޮނާލްޑޯ އަށް ނަޗޯ ކައިރިން ސަލާމަތް ނުވެވުނު

އަބްދުﷲ ޣާނިމް
23 ނޮވެމްބަރު 2024 - 05:17
ރޭގެ މެޗުގައި ރޮނާލްޑޯ ގޯލު ޖެހިނަމަވެސް އަލް ނަޞްރުން ވަނީ ސީޒަނުގެ ލީގުގެ ފުރަތަމަ ބަލިވެފައި. ފޮޓޯ: ފަބްރީޒިއޯ
ރޭގެ މެޗުގައި ރޮނާލްޑޯ ގޯލު ޖެހިނަމަވެސް އަލް ނަޞްރުން ވަނީ ސީޒަނުގެ ލީގުގެ ފުރަތަމަ ބަލިވެފައި. ފޮޓޯ: ފަބްރީޒިއޯ

ސަޢޫދީ ޕްރޯ ލީގުގައި ރޭގައި ރޮނާލްޑޯގެ އަލް ނަޞްރު އަލް އަލް ޤަދްސިޔާ އަތުން ބަލިވެއްޖެއެވެ. ރޭގެ މެޗުގައި އަލް ޤަދްސިޔާ ގެ ކެޕްޓަނުގެ ގޮތުގައި ހުރީ މި ސީޒަނުގައި ރެއާލް މެޑްރިޑުން އެ ޓީމަށް ބަދަލުވި ނަޗޯ ފެނާންޑޭޒް އެވެ.

ރޭގެ މެޗުގައި އަލް ނަޞްރު ބަލިވީ 1-2 އިންނެވެ. ރޭގެ ބައްޔާއެކު އަލް ނަޞްރު ވަނީ 21 މެޗުން ބަލިނުވެ ދަމަހަށްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްފައެވެ. އަދި މިއީ މި ސީޒަނުގައި ސަޢޫދީ ޕްރޯ ލީގުގައި އަލް ނަޞްރު ބަލިވި ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ގޯލުޖަހާ ފުރަތަމަ ލީޑު ހޯދީވެސް އަލް ނަޞްރުންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮސްދިނީ ރޮނާލްޑޯއެވެ. މިއީ މި ސީޒަންގައި ލީގުގައި އޭނާ ޖެހި 7 ވަނަ ގޯލެވެ. އެހެންނަމަވެސް އަލް ޤަދްސިޔާ އިން ވަނީ ފަހަތުން އަރައި ދެގޯލް ޖަހައި އެ ޓީމު މޮޅުކޮށްދީފައެވެ. އަލް ޤަދްސިޔާ ގެ ގޯލުތައް ޖަހައިދިނީ ކުއިނޯންޒް އާއި އޮބަމަޔަންގ އެވެ.

ރޭގެ ބައްޔާއެކު އަލް ނަޞްރު ވަނީ ކުޅުނު 11 މެޗުން ލިބުނު 22 ޕޮއިންޓާއެކު ލީގުގެ 3 ވަނައިގައެވެ. އަދި އަލް ޤަދްސިޔާވެސް އޮތީ ކުޅުނު 11 މެޗުން ލިބުނު 22 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ތާވަލުގެ ފަސްވަނައިގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޮއާއޯ ފީލިކްސް އަން ނަޞްރަށް ސޮއިކޮށްފިކުޅިވަރު | 8 ގަޑިއިރު ކުރިންއަސްލު ގޯޓުގެ ސޮއި ހޯދުމަށް ރޮނާލްޑޯގެ އަލް ނަޞްރުން ބިޑުކުރަނީކުޅިވަރު | ދުވަހެއް ކުރިންޖޯއާއޯ ފީލިކްސް ރޮނާލްޑޯގެ އަލް ނަޞްރަށްކުޅިވަރު | 3 ދުވަސް ކުރިންވިނީސިއުސްގެ ސޮއި ހޯދުމަށް ސަޢުދީއިން 350 މިލިޔަން ޑޮލަރާއެކު 1 ބިލިޔަން ޑޮލަރުގެ މުސާރައެއްކުޅިވަރު | 12 ދުވަސް ކުރިން