logo
E-Platinum
ކުޅިވަރު

ފަހު ވަގުތު ރޮނާލްޑޯ ބޭރަށް ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފި.

އަބްދުﷲ ޣާނިމް
30 އޮކްޓޯބަރު 2024 - 11:47
އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. ފޮޓޯ: ގެޓީ އިމޭޖެސް
އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. ފޮޓޯ: ގެޓީ އިމޭޖެސް

ސަޢޫދީ ކިންގްސް ކަޕް 2024 ގެ ރައުންޑްއޮފް 16 ގައި ރޭ ކުޅުނު މެޗުން ރޮނާލްޑޯގެ އަލް ނަޞްރު ބަލިވެ މުބާރާތުން އެ ޓީމު އަލްވަދާޢުކިޔައިފިއެވެ. ރޭ އަލް ނަޞްރުގެ އަމިއްލަ ދަނޑުގައި އަލް ތާވޫން އާ ދެކޮޅަށް ކުޅުނު މިމެޗުން އެޓީމު ބަލިވީ 0-1 އިންނެވެ. މެޗުގެ ބޮޑުބައެއްގައި ބޯޅަ ކޮންޓްރޯލް ކޮށްގެން އަލްނަޞްރުން ކުޅުނު ނަމަވެސް އެޓީމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 71 ވަނަ މިނެޓުގައި އަލް ތާވޫންގެ ޑިފެންޑަރ ބޮލުން ގޯލެއްޖަހައި އެޓީމަށް ލީޑު ހޯދައިދިނުމެވެ.

މިއާއެކު ގިނަ ތަރިންނާއެކު ކުޅުނު އަލް ނަޞްރު އަށް ވަނީ މެޗުގެ 90 ވަނަ މިނެޓު ހަމަވެ ކުޅުނު އިތުރު ގަޑީގައި ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުގައި ސުޕަ ސްޓަރ ރޮނާލްޑޯވަނީ ޕެނަލްޓީ މިސްކޮށްލާފައެވެ. މިއީ ރޮނާލްޑޯ އަލް ނަޞްރު އާ ގުޅުނު ފަހުން މިސްކޮށްލި ފުރަތަމަ ޕެނަލްޓީކަން ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް އަލް ނަޞްރުގައި ޖެހި 18 ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

މިއީ މި ސީޒަނުގައި އަލް ނަޞްރާ ގުޅުނު އައު ކޯޗުގެ އިރުޝާދުގެ ދަށުން އެޓީމު ވީ ފުރަތަމަ ބައްޔެވެ.  

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަލާމާތާއި ފުރައްސާރައާއި ހެދި ލެޖެންޑް ޓޮޓީގެ ދަރިފުޅު ރިޓަޔަރ ކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންއަސްލު ގޯޓުގެ ސޮއި ހޯދުމަށް ރޮނާލްޑޯގެ އަލް ނަޞްރުން ބިޑުކުރަނީކުޅިވަރު | ދުވަހެއް ކުރިންޖޯއާއޯ ފީލިކްސް ރޮނާލްޑޯގެ އަލް ނަޞްރަށްކުޅިވަރު | 2 ދުވަސް ކުރިންދިއްދޫ ކަޕް: ޓީނޭޖު ހަނިގޮތަކަށް މޮޅުވިއިރު، އައްސޭރި އިން މުބާރާތުގައި ބައިވެރިވާ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއެްކުޅިވަރު | 10 ދުވަސް ކުރިން