logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ އަލް ނަޞްރުން އަލް ޙިލާލް ގެ ރެކޯޑް ހުއްޓުވައިފި.

އަބްދުﷲ ޣާނިމް
2 ނޮވެމްބަރު 2024 - 04:20
އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. ފޮޓޯ. އަލް ނަޞްރު
އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. ފޮޓޯ. އަލް ނަޞްރު

ފަހުވަޤުތު ސަވިޗް ޖެހިލަނޑާއެކު ސަޢޫދީ ލީގުގެ ރައުންޑް 9 އެއްގައި އަލް ނަޞްރު އާއި އަލް ޙިލާލް ބައްދަލުކުރި ޑާބީ މެޗު އެއްވަރުވެއްޖެއެވެ. މިއާއެކު އަލް ޙިލާލުން މި ސީޒަންގައި ލީގުގައި ދަމަހަށްޓަމުން އައި 100% މޮޅުވުމުގެ ރެކޯޑްވަނީ ނިމިގެން ގޮސްފައެވެ. އަލް ޙިލާލް ވަނީ ސަޢޫދީ ޕްރޯ ލީގުގައި މީގެ ކުރިން ކުޅެވުނު 8 މެޗުން މޮޅުވެ ތާވަލްގެ އެއްވަނައިގައި ހިފަހަށްޓާލާފައެވެ.

 އަލް ނަޞްރުގެ އަލް އައްވަލް ޕާކުގައި ކުޅެވުނު ޑާބީ މެޗުގެ ފުރިހަމަ ވަޤުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. މިއާއެކު މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި 6 މެޗުގެ ތެރެއިން އެއްވެސް މެޗަކުން އަލް ނަޞްރު މޮޅުވެފައި ނުވެއެވެ. އަދި މީގެތެރެއިން 5 މެޗުން އަލް ޙިލާލް ވަނީ މޮޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ޓަލިސްކާ ވަނީ އަލް ނަޞްރަށް ލީދުނަގާދިފައެވެ. ހަމަހަމަ ކުޅުމުއް ފެނިގެން ދިޔަ މި މެޗުގައި ދެފަރާތުންވެސް ވަނީ ގޯލްޖަހަން ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުކޮށްލާފައެވެ. މި މެޗުގައި އަލް ޙިލާލްގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮދިނީ  77 ވަނަ މިނެޓުގައި ސަވިޗްއެވެ.

އަނިޔާގެ ސަބަބުން ސީޒަންފެށި ނޭމާ، މި ސީޒަނަށް ސަޢޫދީ ލީގުގައި ރެޖިސްޓްރީވެފައިނުވާތީ މި މެޗުގައި ޓީމު ލިސްޓުގައި ނޭމާ ހިމެނިފައިނުވެއެވެ. ނޭމާ އަށް އެންމެ އަވަހަށްވެސް ސަޢުދީ ޕްރޯ ޅިގު މެޗެއްކުޅެވޭނީ ޖެނުއަރީ ޓްރާންފާރ ވިންޑޯގައި ލީގުގައި ރެޖިސްޓްރީ ކޮށްގެންނެވެ.  

މެ މެޗުންލިބުނު 1 ޕޮއިންޓާއެކު އަލް ހިލާލްވަނީ ލީގުގެ އެއްވަނަގައެވެ. އަދި މި ސިޒަންގައި ލީގުގައި އެއްވެސް މެޗަކުން ބަލިނުވާ އަލް ނަޞްރު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 22 ދުވަސް ކުރިންރޮނާލްޑޯ އެކަނި ޖަމަލެއް އުފުލާލުމަކީ އުނދަގޫކަމެއް: ނަޞްރު އަނެއްކާވެސް އަނެއް ފައިނަލުން ބަލިކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | 2 މަސް ކުރިން