logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލެވަންޑޮވްސްކީގެ 2 ގޯލާއެކު ބާސެލޯނާއިން ރެއާލް ހަމަބިމަށް ތިރިކޮށްފި

އަބްދުﷲ ޣާނިމް
27 އޮކްޓޯބަރު 2024 - 03:56
މި ސީޒަންގެ ބާސެލޯނާގެ އެންމެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ ޔަމާލް، ލެވަންޑޮވްސްކީ އަދި ރަފީނިޔާ. ފޮޓޯ؛ ފަބްރިޒިއޯ ރޮމާނޯ
މި ސީޒަންގެ ބާސެލޯނާގެ އެންމެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ ޔަމާލް، ލެވަންޑޮވްސްކީ އަދި ރަފީނިޔާ. ފޮޓޯ؛ ފަބްރިޒިއޯ ރޮމާނޯ

އެލްކްލެސިކޯގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރިމެޗު 0-4 ގެ ހިތި ނަތީޖާއަކާއެކު ބާސެލޯނާއި ވަރުގަދަ ރެއާލް މެޑްރިޑް ހަމަބިމަށް ތިރިކޮށްފިއެވެ. ރޭ މެޑްރިޑް ގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާއިން ވަނީ މި ސީޒަން ގައި އެ ޓީމުން ކުޅެމުން އައި ހައިލައިން އެޓޭކިން ކުޅުން ތަކުރާރުކޮށް، މެޑްރިޑްގެ ގޭމް ޕްލޭން ފެއިލް ކޮށްލާފައެވެ. އެގޮތުން ޖުމްލަ 12 ފަހަރު ބާސެލޯނާއިން ވަނީ މެޑްރިޑް ގެ ކުޅުންތެރިން އޮފްސައިޑް މަޅީގަ ޖައްސާލާފައެވެ. މީގެ ތެރޭގައި އެޓީމުން ޖެހި އޮފްސައިޑް ދެ ގޯލް ވެސް ހިމެނެއެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގައި މެޑްރިޑުން ރަނގަޅުކުޅުމެއް ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ބާސެލޯނާއިން ވަނީ އެޓީމު ހުނަރުވެރި މިޑްފީލްޑަރ ޑިޔޮންގް ކުޅެން އަރުވާ އެޓޭކިން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޯލާއި ދެވަނަ ގޯލް ޖެހީ ލެވަންޑޮވްސްކީއެވެ. އަދި ތިން ވަނަ ގޯލާއި ހަތަރުވަނަ ގޯލް ޖެހީ ޔަމާލް އާއި ރަފީނިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުން ބާސެލޯނާގެ ކުޅުންތެރިން ކަމުގައިވާ ލެވަންޑޮވްސްކީ އާއި ގޯލް ކީޕަރ އިނާކީ ޕޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މެޗުގައި ޒުވާން ކުޅުންތެރިޔާ ޔަމާލް ވަނީ އެލް ކެލްސިކޯގެ އެންމެ ހަގު ގޯލް ސްކޯރާރގެ ރެކޯޑް މުގުރާލާފައެވެ.

މި މޮޅާއެކު ސްޕެއިންގެ ލީގުގައި ބާސާ 18-2017 ވަނަ ސީޒަންގައި ބަލިނުވެ ބާސެލޯނާއި ހެދި ރިކޯޑް ހެދުމުގެ ފުރުސަތު ރެއާލް އަށް ވަނީ ގެއްލިފައެވެ. އަދި މި މެޗުން މޮޅުވެގެން ބާސެލޯނާއިން ވަނީ ލީގުގައި ކުޅުނު 11 މެޗުގައި 36 ގޯލު ޖަހާފައެވެ. އަދި ބާސެލޯނާއިން ވަނީ ސީޒަނެއްގައި އެޓީމުން ފެށި އެންމެ ރަނގަޅު ރެކޯޑް ހަދާފައެވެ. އަދި ލެވަންޑޮވްސްކީ ވަނީ ލަލީގާގެ ގޯލް ޗާޓުގެ އެއްވަނައިގައި 12 ގޯލާއެކު ހަމަޖެހިލާފައެވެ. މި މޮޅާއެކު ބާސެލޯނާއި ވަނީ ލީގުގައި ރެއާލް މެޑްރިޑުގެ މައްޗަށް 6 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާރީގެ މައްސަލައިގައި ބާސެލޯނާއިން ލެވަންޑޮވްސްކީ ގޯލުޖެހުން ހުއްޓުވިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންޤަވާއިދު ބޮލާލާޖަހައި، ބާސެލޯނާގެ ޗެމްޕިއަންސް ލީގުގެ މެޗު ކޭމްޕް ނޫއަށް ބަދަލުކުރުމަށް ޔުއޭފާއިން ހުއްދަދީފިކުޅިވަރު | ދުވަހެއް ކުރިން އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 10 ދުވަސް ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 12 ދުވަސް ކުރިން