logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެންޔޫއެސްޔޫ ގެ ފުޓްސަލް ފިއެސްޓަރ ފަށައިފި

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2024 - 05:31
މިނިސްޓަރ މާރިޔާ ފުޓްސަލް ފިއެސްޓަރ ފައްޓަވާދެއްވަނީ
މިނިސްޓަރ މާރިޔާ ފުޓްސަލް ފިއެސްޓަރ ފައްޓަވާދެއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ދަރިވަރުންގެ ޔުނިއަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ފަށްޓަވައިދެއްވައިފިއެވެ.

މި މަހުގެ 24 ވީބުރާސްފަތި ދުވަހުގެ ރޭ ރެހެންދި ސްކޫލްގެ ދެކުނުން އޮންނަ ފުޓްސަލް ދަނޑުތަކުގައި ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތާއި، ޝީލްޑް މެޗްގެ ޝަރަފްވެރި މެހްމާނެއްގެ ހައިސިއްޔަތުން މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގަތްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން މިއަހަރު 30 ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ 12 ޓީމާއި ފިރިހެން ޑިވިޝަންގެ 18 ޓީމު. މުބާރާތް ހިނގަމުންދާނީ 24 އޮކްޓޫބަރުން 10 ނޮވެންބަރުގެ ނިޔަލަށެވެ.

މަތީ ތަޢުލީމު ދޭ މުއައްސަސާތަކުގެ މުވައްޒަފުންނާ ތައުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި އިދާރީ މުވައްޒަފުންގެމެދުގައި އިޖްތިމާޢީ ރޫހާއި ގުޅުން ގާއިމުކޮށް އާލާކުރުމަށް ސިލްސިލާގޮތެއްގައި ބާއްވާ މި މުބާރާތަށް ކޮންމެއަހަރުވެސް އާންމުންގެ ސަމާލުކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންއެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިން10 ގައުމެއްގެ 20 އަށްވުރެ ގިނަ ދަރިވަރުން އެމް.އެން.ޔޫގައި ތައުލީމު ހާސިލްކުރޭޚަބަރު | 19 ދުވަސް ކުރިންވެލާ ކަހަނބަށް ލިބޭ އަނިޔާތަކަށް ފަރުވާ ދޭނެ މީހުން ތަމްރީނު ކުރަންފަށަނީޚަބަރު | މަހެއް ކުރިން