logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފި

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 10:30
އެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފި

ރާއްޖެއިން ޑޮކްޓަރީކަން ކިޔެވި ދަރިވަރުންނަށް، އިންޓަރނޝިޕް ފުރިހަމަކުރުމުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މެޑިކަލް ލައިސަންސް ދީފިއެވެ. މެޑިކަލް ލައިސަންސް ލިބުނީ ހުސްވި މަހުގެ 16 ވަނަ ދުވަހުއެވެ.

ޑޮކްޓަރީކަން ކިޔަވައި ދަސްވެނިވުމަށްފަހު، މެޑިކަލް ލައިސަންސް ދެނީ އިންޓަރންޝިޕްގެ ގޮތުގައި އެއް އަހަރު ދުވަހު މަސައްކަތް ކުރުމުންނެވެ. ފުރަތަމަ ބެޗްގައި ޑޮކްޓަރީކަން ކިޔެވި ހުރިހާ ދަރިވަރުން އިންޓަރޝިޕްގައި މަސައްކަތް ކުރީ އައިޖީއެމްޗްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަރންޝިޕް ފުރިހަމަކުރުން ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް އައިޖީއެމްޗުން ވަނީ އިއްޔެ ބާއްވާފައެވެ.

އައިޖީއެމްއެޗުން ބުނީ، އަލަށް ލައިސަންސް ހޯދި ޑޮކްޓަރުން، ބަލިމީހުންނަށް ފަރުވާދިނުމުގައާއި، ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގައާއި، އަދި ޢަމަލީ ތަޖުރިބާއިން ދަސްވެ އެއްޗެއްގެ އަލީގައި ބަލިމީހުންގެ އިތުބާރު ހޯދާފައިވާ ކަމަށެވެ.

މި ދަތުރުގައި އެބޭފުޅުންނަށް މަގުދެއްކެވި އެންމެހައި މެންޓަރުންނަށާއި، ޑޮކްޓަރުންނަށާއި، އެހީތެރިވެދެއްވި ފަރާތްތަކަށް އެ ހޮސްޕިޓަލުން ޝުކުރުއަދާކޮށްފައިވެއެވެ.

"ދިވެހިރާއްޖެއިން މިހާރު މަރުހަބާ ކިޔަނީ އާ ޖީލެއްގެ ޑޮކްޓަރުންނަށެވެ. އެބޭފުޅުންނަކީ ބަލިމީހުންނަށް ފަރުވާދޭން ތައްޔާރަށް ތިބި ބައެކެވެ" އައިޖީއެމް އެޗުން ބުނެފައިވެއެވެ.

މެޑިކަލް ލައިސަންސް ލިބުމާއެކު އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން އިއުލާން ކޮށްފައިވާ ޑޮކްޓަރުންގެ މަޤާމްތަކަށް ވަނީ ބައެއް ޑޮކްޓަރުން ކުރިމަތިލާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ބެޗްގައި އެމްބީބީއެސް ނިންމި 21 ދަރިވަރުން ދަސްވެނިވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިއާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. މިހާތަނަށް ދެ ބެޗްގައި ކިޔެވި ދަރިވަރުން ދަސްވެނިވެފައިވެއެވެ. ދެވަނަ ބެޗްގައި ދަސްވެނިވީ 24 ދަރިވަރުންނެވެ. އެ ދަރިވަރުން ފުރިހަމަކުރަމުން ގެންދަނީ އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ މަރުޙަލާއެވެ.

ހިލޭ ޑިގްރީގެ ދަށުން ރާއްޖޭގައި ޑޮކްޓަރީކަން ކިޔެވެއެވެ. މިހާރުވެސް 220 ދަރުވަރުން ޑޮކްޓަރީކަން ކިޔަވަމުން ގެންދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗްގައި، ބަރުދަން ލުއިކުރާ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފިޚަބަރު | 16 ދުވަސް ކުރިންއާދަޔާޚިލާފަށް ބަރު މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް ކުރާ އޮޕަރޭޝަން އައިޖީއެމްއެޗާއި ދަރުމަވަންތައިގައި  ފަށައިފިޚަބަރު | 17 ދުވަސް ކުރިންހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެމީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީޚަބަރު | 20 ދުވަސް ކުރިން އާބަން ހެލްތުކެއާ ސެންޓަރުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފިޚަބަރު | މަހެއް ކުރިން