logo
Bank of Maldives

Bank of Maldives

ޚަބަރު

އެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ނަޝާ
16 އޮކްޓޯބަރު 2025 - 06:44
އެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އާއި ދެމެދު އުފެއްދުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ފަރާތުން އެ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ މައިގަނޑުގެ މަޤްޞަދަކީ ދެ ފަރާތުން ގުޅިގެން އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި، ތަމްރީނުތައް ކުރިއަށްގެންދިޔުމުގެ އިތުރުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ. އެގޮތުން، ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ޤައުމުގެ މަލީ ދާއިރާގެ މުސްތަޤްބަލު ބިނާކުރުމުގެ އެކި މަސައްކަތްތައް ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެކި ދާއިރާތަކާއި ގުޅޭ ދަޢުލަތުގެ އިސް އިދާރާތަކާއިއެކު ވޭވޭ މިފަދަ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިއްމު ޒުވާނުން ބިނާކޮށް، ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ މަގުފަހިވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައ ޤައުމީ ޔުނިވަރސިޓީގެ ޕްރޮގްރާމްތަކެއް ފަށަނީޚަބަރު | 2 މަސް ކުރިން މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފިޚަބަރު | 2 މަސް ކުރިންއެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 2 މަސް ކުރިންއެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން