logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރަނި އަދާކުރުމުން ރިޒާވް 686 މިލިއަން ޑޮލަރަށް، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ރަނގަޅު: މަރުކަޒީ ބޭންކް

އައިޝަތު ނަޝާ
16 ޖުލައި 2026 - 06:00
ދަރަނި އަދާކުރުމުން ރިޒާވް 686 މިލިއަން ޑޮލަރަށް، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ރަނގަޅު: މަރުކަޒީ ބޭންކް

މިދިޔަ ޖޫން މަސް ނިމުނު އިރު ރާއްޖޭހެ ރަސްމީ ރިޒާވްގައި ހުރި ޑޮލަރުގެ އަދަދު ދަރަނި އަދާކުރުމުން 686.8 މިލިޔަން ޑޮލަރަށް އަރައިފި ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް ހިސާބުތައް ދައްކާ ގޮތުން މިއީ މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު 18 އިންސައްތައިގެ ދަށްވުމުކެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި އިންސައްތައިން ބަލާއިރު މިއީ 17.5 އިންސައްތަ ދަށް އަދަދެކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާރިޗު މަހު ޑޮލަރުގެ ރިޒާވް ހުރީ 1,331.8 މިލިޔަން ޑޮލަރުގަ އެވެ. މިއީ 645 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރިޒާވް އެންމެ ބޮޑަށް ދަށްވެފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރު މޭ މަހާއި އަޅާ ބަލާއިރު ޖޫން މަހުގެ ބޭނުންކުރެވޭ ރިޒާވް ދަށްވުމުގައި ބޭރުފައިސާ އިން ކުރި ހޭދަތައް އިތުރުވުން ހިމެނެ އެވެ. މުދާ އިމްޕޯޓްކުރުމާއި، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ އަށް އޮތް ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. މި ސަބަބާހުރެ މަރުކަޒީ ބޭންކުން ބާޒާރަށް ވިއްކި ޑޮލަރުގެ އަދަދު އިތުރުވެފައިވެ އެވެ. މި ފައިސާގެ ތެރޭގައި ކުރިން ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސުކޫކު އަނބުރާ ދައްކާފައިވެ އެވެ. މި ދަރަނި ސަރުކާރުން އަދާކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހު އަނބުރާ ދައްކާފައިވެ އެވެ.

އިންސައްތައިން ބަލާނަމަ މިއީ މެއި މަހާ އަޅާބަލާއިރު 43 އިންސައްތައިގެ އިތުރުވުމެކެވެ.މިވަގުތު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 248.9 މިލިޔަން ޑޮލަރުގަ އެވެ. މަރުކަޒީ ބޭންކްގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުން މިއީ މިއަހަރުގެ މޭ މަހާއި އަޅާބަލާއިރު 11.9 މިލިޔަން ޑޮލަރުގެ ދަށް އަދަދެކެވެ. މަހުން މަހަށް ބަލައިރު ޑޮލަރުގެ ރިޒާވް ދަށްވި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހުރީ 203 މިލިޔަން ޑޮލަރުގެ އެވެ. އެހެންކަމުން މިއަހަރުގެ ޖޫން މަހާ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާކިޔާއިރު ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް ވަނީ 23 އިންސައްތަ އިތުރުވެފަ އެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރަނި އަދާކުރުމުން ރިޒާވް 686 މިލިއަން ޑޮލަރަށް، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ރަނގަޅު: މަރުކަޒީ ބޭންކްޚަބަރު | 2 މަސް ކުރިން މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފިޚަބަރު | އަހަރެއް ކުރިންއެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | އަހަރެއް ކުރިންތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު ޚަބަރު | އަހަރެއް ކުރިން